އަރަބި ލީގުގައި އަލުން ސީރިއާ ބައިވެރި ކުރަން ފާސްކޮށްފި

އަރަބި ލީގުގައި އަލުން ސީރިއާ ބައިވެރި ކުރަން އެ ޖަމާއަތުގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުން ނިންމައިފި އެވެ. މިސްރުގެ ވެރިރަށް ޤާހިރާ (ކައިރޯ) ގައި ބޭއްވި އަރަބި ލީގުގެ ފޮރިން މިނިސްޓަރުންގެ ބައް...

08 May 2023 | 06:35

އަރަބި ލީގުގައި އަލުން ސީރިއާ ބައިވެރި ކުރަން އެ ޖަމާއަތުގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުން ނިންމައިފި އެވެ.

މިސްރުގެ ވެރިރަށް ޤާހިރާ (ކައިރޯ) ގައި ބޭއްވި އަރަބި ލީގުގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި މިގޮތަށް ފާސް ކުރީ ބައިވެރިވި 13 މެމްބަރު ގައުމުގެ ވޯޓުންނެވެ. އަރަބި ލީގުގައި ޖުމްލަ 22 ގައުމު ހިމެނެ އެވެ.

އަރަބި ލީގުގެ ވެރިޔާ އަހުމަދު އަބްދުލް ގައިތު ވިދާޅުވީ އެ ނިންމުމާއި އެކު އަސަދުގެ ސަރުކާރުން ބޭނުން ނަމަ އަރަބި ލީގުގައި ސީރިއާ ބައިވެރިވުމަށް ހުރަހެއް ނޯންނާނެ ކަމަށެވެ.

އޭނާ މިހެން ވިދާޅުވިޔަސް މި ބައްދަލުވުމުގެ ނިންމުމައިގެން އެ ލީގަށް ކުރިޔަށް ދެވޭނެ ކަމާއި މެދު އަގި ގޮތެއް ނުނިންމޭނެ އެވެ. އެއީ ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރާއި ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ޖަމާއަތްތަކަށް ވާގިވެރިވަމުންދާ ގަތަރުން ބައްދަލުވުމުގައި ބައިވެރި ނުވާތީ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ގަތަރުން އަދިވެސް އަސަދުގެ ސަރުކާރާއި ދެކޮޅަށް އޮތުމުން، އެ ގައުމުން އަރަބި ލީގުގެ އެ ނިންމުމަށް ތާއީދު ކޮށްފާނެ ކަމަކަށް ނުބެލެވެ އެވެ.

މި ނިންމުމުން ނިންމާފައި މިވަނީ ސައުދީ އަރަބިއްޔާ އިސްވެ އޮވެ ސީރިއާ އާއި އެކު ކަނޑާލާފައިވާ ގުޅުން ބަދަހި ކުރުމަށް މަސައްކަތް ކުރަން ފަށާފައި ވަނިކޮށެވެ. އަދި އަރަބި ލީގުގައި އެ ގައުމު ބައިވެރި ކުރުމާއި ގުޅޭގޮތުން ޖޯޑަންގައި އަރަބި ލީގުގެ ވެރިންގެ މެދުގައި މަޝްވަރާ ކުރުމަށް ފަހު އެވެ.

ސީރިއާ އަރަބި ލީގުން ބޭރުކޮށްލީ އެ ގައުމުގައި ހިންގަމުންދާ ދާހިލީ ހަނގުރާމަ އާއި ގުޅިގެން މީގެ 12 އަހަރު ކުރިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް