ނީލްއާ އައިޝްވާރްޔާއާ އެކު އައިޝާގެ ގުޅުން ގޯސް ކަމަށް ދެކެވޭ ވާހަކައިގެ ހަގީގަތް!

އިންޑިއާގެ އެންމެ މަޝްހޫރު ޑްރާމާ ސިލްސިލާ "ގުމް ހޭ ކިސީކޭ ޕިޔާރް މޭ" ގެ ލީޑް ރޯލުން ފެނިގެންދާ އައިޝާ ސިން އާއި އަނެއް ދެ ތަރިން ކަމަށްވާ ނީލް ބަޓާއި އައިޝްރާޔްޔާ ޝަރްމާ ބަޓާއި އެކު އޮންނަ ގުޅުން ގޯސ...

08 May 2023 | 05:29

އިންޑިއާގެ އެންމެ މަޝްހޫރު ޑްރާމާ ސިލްސިލާ "ގުމް ހޭ ކިސީކޭ ޕިޔާރް މޭ" ގެ ލީޑް ރޯލުން ފެނިގެންދާ އައިޝާ ސިން އާއި އަނެއް ދެ ތަރިން ކަމަށްވާ ނީލް ބަޓާއި އައިޝްރާޔްޔާ ޝަރްމާ ބަޓާއި އެކު އޮންނަ ގުޅުން ގޯސް ކަމަށް ދެކެވޭ ވާހަކަތަކުގެ ހަގީގަތް ހާމަކޮށްފި އެވެ.

ފިލްމުގެ ސެޓުން ދިމާވެ ނީލް (ވިރާޓް) އާއި އައިޝްވާރްޔާ (ޕަތްރަލެކާ) ވަނީ ލޯބީގެ ގޮތުން ގުޅި ކައިވެނިކޮށްފައި އެވެ. ދެ ތަރިން ކައިވެނި ކުރީ 2021 ވަނަ އަހަރު އެވެ.

ޓީމުގެ މެމްބަރަކާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި އެ ދެމަފިރިންނާއި އައިޝާ (ސައި)ގެ ގުޅުން އެހާ ރަނގަޅެއް ނޫނެވެ. ފިލްމުގެ ޝޫޓިން ނޫން ގަޑިތަކުގައި އައިޝާ އެ ދެމީހުންނާއި ވާހަކަދައްކާ ހަދާތަންވެސް ނުފެންނަ ކަމަށް ބުނެފައިވެ އެވެ.

މިކަމާއި ގުޅިގެން އައިޝާ އަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުން ދަނިކޮށް ޓީވީ ޝޯއަކަށް ދިން އިންޓަވިއުއެއްގައި އައިޝާ ބުނީ ގުޅުން ރަނގަޅު ނޫން ކަމަށް ބުނެ ދެއްކީ ހަގީގަތެއް ނެތް ވާހަކައެއް ކަމަށެވެ. އޭނާ ބުނީ އެ ދެމަފިރިންނާއި އެއްވެސް މައްސަލައެއް ނޯންނަ ކަމަށާއި އެކުގައި މަސައްކަތް ކުރަނީވެސް ހިތްހަމަ ޖެހިގެން ކަމަށެވެ.

އެކަމަކު ލިބޭ ހުސްވަގުތުތަކުގައި އެހެން ޑްރާމާތަކުގެ ތަރިންނެކޭ އެއްގޮތަށް ފޮޓޯ ނެގުމާއި މަޖާ ކުރުމުގައި ނޫޅެނީ ކޮންމެ މީހެއްގެ އަމިއްލަ ދިރިއުޅުމުގެ ކަންކަން ހުންނާތީ ކަމަށެވެ. އައިޝާ ބުނީ ޝޫޓިންއިން ބްރޭކް ލިބޭ ހުރިހާ ވަގުތެއްހެން އެ ތިން މީހުންގެ މަސައްކަތަކަށް އޮންނާނީ ކުރިޔަށް ހުރި ބައިތަކުގެ ސްކްރިޕްޓު ފަރިތަ ކުރުން ކަމަށެވެ.

އަދި އެ ދުވަހެއްގެ މަސައްކަތް ނިމުމާއި އެކު ގެއަށް ދިއުމަށް އަވަސްވެ ގަނެވޭތީ އެކުގައި ހޭދަ ކުރާ ވަގުތު މީހުންނަށް ނުފެންނަނީ ކަމަށް ބުނެފައިވެ އެވެ.

ސްޓާ ޕްލަސްއިން ދައްކާ މި ޝޯއިން މިހާރު އައިޝްވާރްޔާ ވަނީ ވަކިވެފައި އެވެ. އޭނާ ޝޯއާއި ވަކިވީ ރޯހިތް ޝެޓީގެ "ހަތްރޯންކާ ކިލާޅީ" ގައި ބައިވެރިވުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް