ކެރެލާގައި ޓޫރިސްޓުން ތިބި ބޯޓެއް ބަންޑުން ޖަހާލައި 21 މީހުން މަރުވެއްޖެ

އިންޑިއާގެ ކެރެލާ ސްޓޭޓްގައި ބޯޓެއް ބަންޑުން ޖަހާލައި 21 މީހުން މަރުވެއްޖެ އެވެ. ކެރެލާގެ މައްލަޕޫރަމް ޑިސްޓްރިކްޓުގައި ރޭ މި ހާދިސާ ހިނގި އިރު ބޯޓުގައި 50 އަށްވުރެ ގިނަ މީހުން ދަތުރު ކުރި އެވެ. 25 މީ...

08 May 2023 | 04:46

އިންޑިއާގެ ކެރެލާ ސްޓޭޓްގައި ބޯޓެއް ބަންޑުން ޖަހާލައި 21 މީހުން މަރުވެއްޖެ އެވެ.

ކެރެލާގެ މައްލަޕޫރަމް ޑިސްޓްރިކްޓުގައި ރޭ މި ހާދިސާ ހިނގި އިރު ބޯޓުގައި 50 އަށްވުރެ ގިނަ މީހުން ދަތުރު ކުރި އެވެ. 25 މީހުންގެ ޖާގައިގެ ދެ ބުރި އެ ބޯޓުގައި ގިނައިން ދަތުރު ކުރީ ޓޫރިސްޓުންނެވެ.

ރިޕޯޓުތައް ބުނާގޮތުގައި ބޯޓުން ދަތުރު ކުރި މީހުންގެ ތެރެއިން މަރުވި ގިނަ މީހުންނަކީ ބޯޓު ބަންޑުން ޖަހާލި ގަޑީގައި އެތެރޭގައި ތާށިވެ ސަލާމަތް ނުވެވުނު މީހުންނެވެ. އަދިވެސް ގިނަ ބަޔަކު ނުފެންނަ އިރު ބޯޓު ފެންމަތި ކުރުމުން މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ.

ކިސަޑު އެ ފެންގަނޑުން ބޯޓު ފެންމަތި ކުރުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން މިހާރު ވަނީ ފަށާފައި އެވެ. އެކަމަކު ހާދިސާ ހިނގީ ރޭގަނޑު ކަމުން ރޭގަނޑުގެ އަދިރީގައި މީހުން ސަލާމަތް ކުރުމަށް ބޮޑެތި ހުރަސްތަކެއް ފުރަތަމަ މަސައްކަތް ފެށި އިރު ކުރިމަތިވި އެވެ.

ބައެއް މީހުން ދިރިތިއްބަ ސަލާމަތް ކުރެވުނު ނަމަވެސް އެމީހުންގެ ހާލު ވަރަށް ސީރިއަސް ކަމަށް ފަރުވާ ދެމުންދާ ހޮސްޕިޓަލްތަކުން ބުނެފައިވެ އެވެ.

މި ހާދިސާ އާއި ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ ގިނަ ބައެއްގެ ފުރާނަ ގެއްލުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށް ވިދާޅުވެފައި އެވެ.

ފުލުހުންނާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި ބޯޓުގައި ލައިފް ޖެހެޓު އަޅައިގެން އެކަކުވެސް ނެތެވެ. އަދި މިކަމަކީ ސަލާމަތީ ފިޔަވަޅުތަކާއި ގުޅިފައި ކަމަކަށްވާތީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް