ކައުންސިލަރު ނަހުލާ އާއި އޭނާގެ މަންމަ ޕީޕީއެމުން ވަކިކޮށްފި

މާލޭ ސިޓީ ކައުންސިލްގެ ވިލިމާލޭ ކައުންސިލަރު ނަހުލާ އަލީ އާއި އޭނާގެ މަންމަ އާމިނަތު ލީލާ ޕީޕީއެމްއިން ވަކިކޮށްފި އެވެ. މިގޮތަށް ނިންމީ މިރޭ ބޭއްޕި ޕީޕީއެމްގެ ސުލޫކީ ކޮމިޓީގެ ބައްދަލުވުމެއްގައި އެވެ. ...

08 May 2022 | 18:05

މާލޭ ސިޓީ ކައުންސިލްގެ ވިލިމާލޭ ކައުންސިލަރު ނަހުލާ އަލީ އާއި އޭނާގެ މަންމަ އާމިނަތު ލީލާ ޕީޕީއެމްއިން ވަކިކޮށްފި އެވެ.

މިގޮތަށް ނިންމީ މިރޭ ބޭއްޕި ޕީޕީއެމްގެ ސުލޫކީ ކޮމިޓީގެ ބައްދަލުވުމެއްގައި އެވެ.

ނަހުލާ އާއި އޭނާގެ މަންމަ ލީލާގެ ސުލޫކީ މައްސަލައެއް ޕީޕީއެމުން ބަލަންފެށީ މާލޭ ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީގެ ބައި އިލެކްޝަންގައި އެ ޕާޓީގެ ޓިކެޓްގައި ވާދަކުރާ ކެނޑިޑޭޓަށް، އެ ދެމައިން "އެންޓި ކެމްޕެއިން" ކުރާ މައްސަލައިގަ އެވެ.

މި މައްސަލައިގަ އެ ދެމައިންނާއި ދެކޮޅަށް ސާބިތު ހެކި ލިބިފައިވާ ކަމަށް ސުލޫކީ ކޮމިޓީން ނިންމާފައިވެ އެވެ. އަދި ނަހުލާގެ ފޭސްބުކް އެކައުންޓްގައި، ޕީޕީއެމާއި އެ ޕާޓީގެ ލީޑާޝިޕް ބަދުނާމުކޮށް ހަގީގަތާ ހިލާފު ވާހަކަތަކެއް އޭނާ ދައްކާފައިވާކަމަށްވެސް އެ ޕާޓީން ތުހުމަތުކުރި އެވެ.

ޕީޕީއެމްގެ އަސާސީ ގަވާއިދާ ހިލާފުވެފައިވާ ކަމަށް ބުނެ، 2024 ގެ ނިޔަލަށް އެ ޕާޓީގެ އެތެރޭގެ އެއްވެސް އިންތިހާބެއްގައި ނަހުލާ އަށް ވާދަ ނުކުރެވޭ ގޮތަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެ ޕާޓީގެ ސުލޫކީ ކޮމެޓީން އޭނާ ސަސްޕެންޑުވެސް ކުރި އެވެ.

އެކަމަކު އޭނާ ޕާޓީން ވަކިކުރު އިރު މިދިޔަ މަހުގެ ތެރޭގައި އެ ފިޔަވަޅުތައް ވަނީ އުވާލައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް