ރައީސް ސޯލިހުގެ މެމްބަރުންނަށް ނަޝީދު: "ތިޔަ ބޭފުޅުންގެ އަތުގައި ކޭއްތިފައި ތިވަނީ އަޅުގަނޑުގެ ލޭ"

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ އެމްޑީޕީގެ މެމްބަރުންގެ އަތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ލޭ ހޭކިފައިވާ ކަމަށް އެމނިކުފާނު ވިދާޅުވެއްޖެ އެވެ. ނަޝީދު މިހ...

08 May 2022 | 17:59

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ އެމްޑީޕީގެ މެމްބަރުންގެ އަތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ލޭ ހޭކިފައިވާ ކަމަށް އެމނިކުފާނު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ޕީޖީ ގްރޫޕަށް މިރޭ ފޮނުއްވި މެސެޖެއްގައި އެވެ. ނަޝީދު މިހެން ވިދާޅުވީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) އަށް އަމާޒުކޮށެވެ.

އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނުގެ ހަމަލާ އާ ގުޅޭ ކަންކަން ފޮރުވުމަށް އަނދުން ހުސައިން މަސައްކަތް ކުރެއްވި ކަމަށެވެ. އަދި ހަމަލާ އާ ގުޅޭ ކަންކަން ފޮރުވަން ސަރުކާރަށް ވާގިވެރިވަނީ އޭނާ ކަމަށް ނަޝީދު ތުހުމަތު ކުރެއްވި އެވެ.

މީގެ އިތުރުން ވިދާޅުވީ އަނދުން ހުސައިންގެ އަތުގައި އެމަނިކުފާނުގެ ލޭ ހޭކިފައިވާ ކަމަށެވެ. އަދި ރައީސް ސޯލިހަށް ތާއީދު ކުރައްވާ މެމްބަރުންނަށް އަމާޒުކުރައްވާ ވިދާޅުވީ އެ ބޭފުޅުންގެ އަތުގައި އެމަނިކުފާނުގެ ލޭ ކޭއްތިފައިވާ ކަމަށެވެ.

ނަޝީދުގެ މި ވާހަކަފުޅަކީ މިދިޔަ އަހަރު މެއި ހައެއްގައި އެމަނިކުފާނަށް އަމާޒުކޯށް ދެވުނު ޓެރަރިސްޓު ހަމަލާގެ ޝަރީއަތް ލަސްވާ މައްސަލައިގަ ހިތްހަމަ ނުޖެހިގެން ކުރެއްވި މެސެޖުތަކެކެވެ. ނަޝީދު ވަނީ އެ މައްސަލައިގަ މިއަދު ނުރަސްމީ ޓުވީޓާ އެކައުންޓު މެދުވެރިކޮށްވެސް ހިތްހަމަ ނުޖެހުން ފާޅު ކުރައްވާފަ އެވެ.

ނަޝީދު ވިދާޅުވީ އެ ތަހުގީގު ބިނާވެފައި އޮތީ ހަމައެކަނި ތުހުމަތު ކުރެވޭ ފަރާތް އިއުތިރާފްވެ ދެއްކި ވާހަކަ އަށް އެކަނި ކަމަށެވެ. އެއީ ތަހުގީގު ކުރިޔަށް ގެންދެވޭނެ އެންމެ ގޯސް ގޮތް ކަމަށް ނަޝީދު ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް