ކުރިޔަށް އޮތްތާ ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން މިހެން ބުނީ ޓީޗަރުންގެ މުސާރަ ބޮޑުވި އިރު ޔުނިވާސިޓީ މުވައްޒަފުންނާއި ލެކްޗަރާއިންގެ މުސާރަ ބޮޑުނުވާ މައްސަލައިގަ މިއަދު ހިމޭންކަމުގެ އިހުތިޖާޖެއް ކޮށްފައިވަނިކޮށެވެ. ޓީޗަރުންގެ މުސާރަ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ބޮޑޫކޮށްދެއްވާފަ އެވެ.
މިކަމާއި ގުޅިގެން ފިނޭންސް މިނިސްޓްރީން ބުނީ ރައީސް ސޯލިހްގެ ވިސްނުން ފުޅަކީ ސަރުކާރުގެ މުއައްސަސާތަކުގެ އިތުރުން މުޅި ދައުލަތުގެ ޕޭ ހާމަނައިޒް ކުރުން ކަމަށެވެ. އެ މަސައްކަތުގެ ދަށުން ސަރުކާރުގެ މުއައްސަސާތަކުގެ އިތުރުން މުޅި ދައުލަތުގެ ޕޭ ހާމަނައިޒްކޮށް ދައުލަތުގެ ހުރިހާ ދާއިރާތަކެއްގެ މުސާރަ ބޮޑު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ބުންޏެވެ.
ފިނޭންސުން ބުނީ އެ މަސައްކަތުގެ ދަށުން ފުރަތަމަ ޓީޗަރުންގެ މުސާރަ ބޮޑު ކުރެވުނަސް ދައުލަތުގެ ހުރިހާ ދާއިރާތަކެއްގެ މުސާރަތަކުގެ މަސައްކަތްވެސް ކުރިޔަށްދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް