ޓޫރިސްޓު އެތެރެ ކުރި 21 މިލިއަން ރުފިޔާގެ ޑްރަގު މައްސަލައިގަ ދިވެއްސަކު ހައްޔަރުކޮށްފި

ރާއްޖެ އައި ޓޫރިސްޓެއްގެ އަތުން އަތުލައިގަތް މަސްތުވާތަކެތީގެ މައްސަލައިގަ ދިވެއްސަކު ހައްޔަރު ކޮށްފި އެވެ. ކަސްޓަމްސްއިން ބުނީ އެމީހާ ވައިގެ މަގުން ރާއްޖެ އައީ މިމަހުގެ ތިން ވަނަ ދުވަހު ކަމަށެވެ. އެމ...

08 May 2022 | 15:46

ރާއްޖެ އައި ޓޫރިސްޓެއްގެ އަތުން އަތުލައިގަތް މަސްތުވާތަކެތީގެ މައްސަލައިގަ ދިވެއްސަކު ހައްޔަރު ކޮށްފި އެވެ.

ކަސްޓަމްސްއިން ބުނީ އެމީހާ ވައިގެ މަގުން ރާއްޖެ އައީ މިމަހުގެ ތިން ވަނަ ދުވަހު ކަމަށެވެ. އެމީހާގެ ފޮށިން ފެނިފައިވަނީ ހަތަރު ކިލޯގެ ކޮކެއިން އެވެ.

ކަސްޓަމްސްއިން ބުނީ އެމީހާގެ ފޮށިން ފެނުނު މަސްތުވާތަކެތީގެ އަގު21 މިލިއަން ރުފިޔާއަށްވުގެ އިތުރުވާނެ ކަމަށެވެ.

މި މައްސަލަ އާއި ގުޅިގެން ފުލުހުން މިއަދު ބުނީ އެ މައްސަލައިގަ ބިދޭސީ ފިރިހެނެއްގެ އިތުރުން ދިވެއްސަކުވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ދެމީހުންގެ ބަންދަށް ކޯޓުން ވަނީ15 ދުވަސް ޖަހާފަ އެވެ.

މި މައްސަލައިގަ އަތުލައިގަތް މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާއި ހަވާލުކޮށްފަ އެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު ޕޯސްޓު މެދުވެރިކޮށް ރާއްޖެ ގެނައި ޕާރުސަލެއްގެ ތެރެއިންވެސް ވަނީ މަސްތުވާތަކެތި އަތުލައިގެންފަ އެވެ. ކަސްޓަމްސްއިން ބުނީ އެއް ކިލޯއަށްވުރެ ގިނަ އެ މަސްތުވާތަކެތީގެ އަގު ފަސް ލައްކަ ރުފިޔާއަށްވުރެ އިތުރުވާނެ ކަމަށެވެ.

މި މައްސަލައިގަ ފުލުހުން ވަނ ީ18 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް