ރާއްޖޭގެ އެއްކޮޅުގައި ތޫފާން އަސާނީ އަނެއްކޮޅުގައި ތޫފާން ކާރިމް

ރާއްޖޭގެ ދެކޮޅުގައި ދެ ތޫފާން އުފެދި ދެ ތޫފާނުގެ ވެސް ނުސީދާ އަަސަރު ރާއްޖެއަށް ކުރާނެ ކަމުގައި ބެލެވެން ފަށައިފިއެވެ. އެއްކޮޅުން ބަންގާޅު ކަނޑުގައި އުފެދިފައިވަނީ ތޫފާން އަސާނީއެވެ. އެ ތޫފާން ދަތުރުކ...

08 May 2022 | 11:55

ރާއްޖޭގެ ދެކޮޅުގައި ދެ ތޫފާން އުފެދި ދެ ތޫފާނުގެ ވެސް ނުސީދާ އަަސަރު ރާއްޖެއަށް ކުރާނެ ކަމުގައި ބެލެވެން ފަށައިފިއެވެ.

އެއްކޮޅުން ބަންގާޅު ކަނޑުގައި އުފެދިފައިވަނީ ތޫފާން އަސާނީއެވެ. އެ ތޫފާން ދަތުރުކުރަމުން އެދަނީ އިންޑިއާގެ އަންދުރަ ޕްރަދޭޝާއި އޮޑީޝާ އައްސޭރިއަށެވެ. އަނެއްކޮޅުން ސަދަން ހެމިސްފިއާގައި އުފެދިފައި އެވަނީ ތޫފާން ކާރިމް އެވެ. އެ ތޫފާން ކޮކޯ އައިލެންޑް ކައިރިން ދަތުރުކުރަމުން އެދަނީ އަނެއްކޮޅުން ރާއްޖެއާއި ދުރަށެވެ.

މި ދެ ތޫފާނާއި ގުޅިގެން ރާއްޖެއަށް ކުރާނެ އަސަރަކީ ކޮބައިތޯ މެޓް އޮފީސް ކުރެން އަހާލުމުން އެ އޮފީހުން ދުވަހަށް މައުލޫމާތުދެމުން ބުނީ މި ދެ ތޫފާނުގެވެސް ސީދާ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށާއި ނަމަވެސް ނުސީދާ އަަސަރު ދެ ތުފާނުންވެސް ކުރާނެ، އަދި ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ކުރިއަށް އޮތް ދެތިން ދުވަހު މެދުރާއްޖެއާއި ދެކުނަށް ހާއްސަކޮށް ވިއްސާރައިގެ އަސަރާއި ވަޔާއި ކަނޑު ގަދަވުމާއި އަދި ބައެއް ސަރަހައްދުތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާކަމުގައިވެސް މެޓް އޮފީހުން ބުނެއެވެ.

ދެ ތޫފާނެއް އެއްފަހަރާ އުފެދިފައިވާއިރު މިއީ އާއްމުކޮށް ދިމާވާ ހާލަތެއް ކަމުގައިވެސް މެޓުން ބުނެއެވެ. ތޫފާން އަސާނީ އަދި ތޫފާން ކާރިމްގެވެސް މިސްރާބު ހުރީ ރާއްޖެއާ ދުރަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް