ސަރަހައްދީ ޖޫނިއާ ޓީޓީ މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

ދެކުނު އޭސިއާގެ ޖޫނިއަރ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ. މާދަމާ ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތަކީ ރާއްޖެ، ސްރީލަންކާ، ބޫޓާން، ނޭޕާލް، ބ...

08 May 2022 | 11:26

ދެކުނު އޭސިއާގެ ޖޫނިއަރ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

މާދަމާ ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތަކީ ރާއްޖެ، ސްރީލަންކާ، ބޫޓާން، ނޭޕާލް، ބަންގްލަދޭޝް، އިންޑިއާ އަދި ޕާކިސްތާނުގެ އެތްލީޓުން ވާދަކުރާ މުބާރާތެކެވެ. ރާއްޖޭގައި ކުރިއަށްގެންދާ މި މުބާރާތް މާދަމައިން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

ދިރާގުން ބުނެފައިވާގޮތުގައި މި މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށްވެ، ރާއްޖޭގައި ކުރިއަރަމުން އަންނަ ކުޅިވަރުގެ ރޫހަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އެ ކުންފުންޏަށް ލިބޭ އުފަލެކެވެ. އަދި ދިވެހި އެތުލީޓުން މި މުބާރާތުގައި ބައިވެރިވާކަމީ ފަހުރުވެރިވާ ކަމެއް ކަމަށާއި ކުޅުންތެރިންނަށް ހެޔޮ އެދުންތައް އަރިސްކުރާކަމަށްވެސް ދިރާގުން ބުނެފައިވެއެެވެ.

މިކަމާއި ގުޅޭގޮތުން މޯލްޑިވްސް ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ނައިބުރައީސް އިބްރާހިމް ޝިއުރީ ވިދާޅުވެފައިވަނީ ދިރާގަކީ ރާއްޖޭގައި ޓޭބަލް ޓެނިސް ކުރިއެރުވުމަށް އަބަދުވެސް އެއްބާރުލުން ދެމުން އަންނަ ކުންފުންޏެއް ކަމަށާއި އެކަން ފާހަގަކޮށް ޝުކުރު އަދާކުރާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް