އެސޯސިއޭޝަން އޮފް އޭޝިއަން އިލެކްޝަން އޮތޯރިޓީގެ(އޭ.އޭ.އީ.އޭ) އެގްޒެކެޓިވް ބޯޑުގެ މެންބަރަކަށް ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަން ހޮވިއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާގޮތުގައި އެސޯސިއޭޝަން އޮފް އޭޝިޔަން އިލެކްޝަން އޮތޯރިޓީގެ އެގްޒެކެޓިވް ބޯޑަށް ރާއްޖޭގެ އިލެކްޝަންސް ކޮމިޝަން ހޮވިފައިވަނީ، އެ އެސޯސިއޭޝަންގެ ޢާންމު ބައްދަލުވުމުގައި މެންބަރު ގައުމުތަކުގެ މެދުގައި ނެގި ވޯޓުގެ އިއްތިފާޤުންނެވެ.
ފިލިޕީންސް ގެ މެނީލާގައި އިއްޔެ ބޭއްވި އޭ.އޭ.އީ.އޭގެ ޢާންމު ބައްދަލުވުމުގައި އެސޯޝިއޭޝަންގެ މި ދައުރުގެ ރިޔާސަތު ބެލެހެއްޓުމަށް ހޮވިފައިވަނީ އިންޑިއާއެވެ. އަދި ވައިސް ޗެއަރގެ ދައުރަށް ތައިވާން ވަނީ ހޮވިފައެވެ. ދިވެހިރާއްޖޭގެ އިތުރުން އެގްޒެކެޓިވް ބޯޑަށް ހޮވިފައިވަނީ ރަޝިޔާ، ކަޒަކިސްތާން އަދި ފިލިޕީންސްއެވެ. އިލެކްޝަންސް ކޮމިޝަންގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެފައިވަނީ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤު، ނާއިބު ރައީސް އިސްމާޢީލް ޙަބީބު އަދި ކޮމިޝަނުގެ އެސިސްޓަންޓް ޑިރެކްޓަރ މަރްޔަމް ޝާހިޔާއެވެ.
އެސޯސިއޭޝަން އޮފް އޭޝިއަން އިލެކްޝަން އޮތޯރިޓީ (އޭ.އޭ.އީ.އޭ)ގައި 20 މެންބަރު ގައުމު ބައިވެރިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް