ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް، ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ ތަހުގީގު ވަރަށް ދޯހަޅި ކަމުގައި އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެމަނިކުފާނުގެ ނުރަސްމީ ޓްވިޓާ އެކައުންޓުން ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ 06 މޭގެ ހަަލާގެ ތަހުގީގު މައިގަނޑުގޮތެއްގައި ބިނާކުރަމުން އެ ގެންދަނީ ތުހުމަތު ކުރެވި ހައްޔަރު ކުރެވިފަައިވާ ފަރާތްތަކުގެ އިއުތިރާފުތަކަށް އެކަނި ބަލައިގެން ކަމަށެވެ. އެއީ ތަހުގީގެއް ހިންގުމުގެ އެންމެ ދޯހަޅި ގޮތްކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
https://twitter.com/anedhivehirajje/status/1523225457881100289
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް