ރާއްޖޭގެ ބޮޑު ބަޔަކަށް ކަނޑާއި ވައި ގަދަވާނެ ކަމަށް ލަފާކޮށް، ވައިޓް އެލާޓު ނެރެފި

ރާއްޖޭގެ ބޮޑު ބަޔަކަށް ވަޔާއި ކަނޑު ގަދަވާނެ ކަމަށް ލަފާކޮށްފި އެވެ. މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވަނީ ބ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. މެޓް އޮފީހުން ވަނީ އެ ސަރަހައްދަށް ...

08 May 2022 | 10:07

ރާއްޖޭގެ ބޮޑު ބަޔަކަށް ވަޔާއި ކަނޑު ގަދަވާނެ ކަމަށް ލަފާކޮށްފި އެވެ.

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވަނީ ބ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. މެޓް އޮފީހުން ވަނީ އެ ސަރަހައްދަށް ވައިޓް އެލާޓު ނެރެފަ އެވެ.

އެ އިދާރާއިން ބުނީ އެ ސަރަހައްދުގެ ރަށްތަކަށް ވައިޖެހޭނީ ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ކަމަށެވެ. އަދި ކަނޑުތައް ވަރަށް ގަދަވާނެ އެވެ.

އެ ސަރަހައްދަށް ވައިޓް އެލާޓު ނެރެފައިވަނީ މިރޭ 8:30 ގެ ނިޔަލަށެވެ. މީގެ އިތުރުން މިއަދު ހަވީރު 6:00 އާއި ހަމައަށް ގދ. އަތޮޅުން އައްޑޫ ސިޓީ އާއި ދެމެދަށް ވަނީ ވައިޓް އެލާޓު ނެރެފަ އެވެ.

އެ ސަރަހައްދުގެ ރަށްތަކަށްވެސް 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހި ކަނޑު ގަދަވާނެ ކަމަށް ބުނެ އެވެ.

މެޓް އޮފީހުން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް