ރާއްޖެ އައި ޓޫރިސްޓަކު މަސްތުވާތަކެއްޗާއި އެކު ހައްޔަރުކޮށްފި އެވެ.
ކަސްޓަމްސްއިން ބުނީ އެމީހާ ވައިގެ މަގުން ރާއްޖެ އައީ މިމަހުގެ ތިން ވަނަ ދުވަހު ކަމަށެވެ. މަސްތުވާތަކެތި ފެނިފައިވަނީ އޭނާގެ ފޮށިންނެވެ.
ކަސްޓަމްސްއިން ބުނީ އޭނާ އަތުން ފެނުނު ތަކެތި ޓެސްޓު ކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިންއަށް ޕޮސިޓިވްވި ކަމަށެވެ. އެތަކެތީގެ ބަރުދަނުގައި 4.2 ކިލޯ ހުރި ކަމަށް މައުލޫމާތުދެ އެވެ.
ކަސްޓަމްސްއިން ބުނީ އެ މަސްތުވާތަކެތީގެ މަގުމަތީ އަގު21 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.
މި މައްސަލައިގަ އަތުލައިގަތް މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާއި ހަވާލުކޮށްފަ އެވެ.
މިދިޔަ މަހުގެ 28 ވަނަ ދުވަހު ޕޯސްޓު މެދުވެރިކޮށް ރާއްޖެ ގެނައި ޕާރުސަލެއްގެ ތެރެއިންވެސް ވަނީ މަސްތުވާތަކެތި އަތުލައިގެންފަ އެވެ. ކަސްޓަމްސްއިން ބުނީ އެއް ކިލޯއަށްވުރެ ގިނަ އެ މަސްތުވާތަކެތީގެ އަގު ފަސް ލައްކަ ރުފިޔާއަށްވުރެ އިތުރުވާނެ ކަމަށެވެ.
މި މައްސަލައިގަ ފުލުހުން ވަނ ީ18 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް