މާލޭ މަގުމަތީގައި ގޮތް ނޭނގޭ ފޮއްޓެއް ހުރެގެން އެމްއެންޑީއެފުން ހަރަކާތްތެރިވެއްޖެ އެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވީ އެ ފޮށި ހުރީ މާފަންނު ސްޓޭޑިއަމް ކައިރީގައި ކަމަށެވެ. އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ ފޮށި ހުރީ އެތާ ކައިރީ ޕާކުކޮށްފައި އޮތް ޕިކަޕެއްގެ ފަހަތުގައި އެވެ.
އިންފޮމޭޝަން އޮފިސަރު ވިދާޅުވީ ސިފައިން ގޮސް އެ ފޮށި ބަލާ ފާސްކުރި އިރު އެއީ ހުސް ފޮއްޓެއް ކަމަށެވެ.
މީގެ ކުރިންވެސް މާލޭ މަގުމަތިން ގޮތް ނޭނގޭ ފޮށި ފެނިގެން ރިޕޯޓު ކުރުމުން އެމްއެންޑީއެފުން ހަރަކާތްތެރިވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް