ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު އަލް ސައުދް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި އެވެ.
ސައުދީ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ ރަސްގެފާނު އެޑްމިޓްކޮށްފައިވަނީ ޖިއްދާ ސިޓީގެ ކިންގް ފައިސަލް ސްޕެޝަލިސްޓު ހޮސްޕިޓަލްގައި ކަމަށެވެ. ރަސްގެފާނު އެޑްމިޓް ކުރީ އިއްޔެ އެވެ.
ރަސްގެފާނުގެ ހާލުކޮޅާއި ބެހޭގޮތުން އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ. ބަޔާނުގައި ބުނެފައިވާ ގޮތުގައި އެޑްމިޓް ކުރީ ޓެސްޓުތަކެއް ހެދުމަށް ކަމަށެވެ.
މިދިޔަ އަހަރުވެސް ރަސްގެފާނު ސަލްމާން ހަމަ އެ ހޮސްޕިޓަލްގައި ޓެސްޓުތަކެއް ހެދުމަށް އެޑްމިޓް ކުރި އެވެ.
މި ޓެސްޓުތަކަކީ 2020 ވަނަ އަހަރު ރަސްގެފާނު ކުރެއްވި ބަނޑުގެ އޮޕަރޭޝަނާއި ގުޅުން ހުރި ޓެސްޓުތަކެއް ކަމަށް ބެލެވޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް