ފުލުހެއްގެ ސަައިކަލުގައި ރޯކޮށްލި މައްސަލައިގާ ދައުވާ އުފުލައިފި

ނ. މިލަދޫގައި މިދިޔަ ފެބްރުއަރީ މަހު ފުލުހެއްގެ ސައިކަލުގައި ރޯކޮށްލި މައްސަލައިގާ މީހެއްގެ މީހެއްގެ މައްޗަށް ދައުވާ އުފުލައިފިއެވެ. މި ދައުވާ އުފުލާފައިވަނީ އެ ރަށު ފަތަނދުމާގޭ، އަބްދުﷲ ޝުހާދު އަހްމަ...

08 May 2022 | 07:47

ނ. މިލަދޫގައި މިދިޔަ ފެބްރުއަރީ މަހު ފުލުހެއްގެ ސައިކަލުގައި ރޯކޮށްލި މައްސަލައިގާ މީހެއްގެ މީހެއްގެ މައްޗަށް ދައުވާ އުފުލައިފިއެވެ.

މި ދައުވާ އުފުލާފައިވަނީ އެ ރަށު ފަތަނދުމާގޭ، އަބްދުﷲ ޝުހާދު އަހްމަދުގެ މައްޗަށެވެ.

ދައުލަތުންމި ދައުވާ އޭނާގެ މައްޗަށް އުފުލާފައިވަނީ އެ ރަށު ޕޮލިސް ޑެސްކުގައި މަސައްކަތްކުރާ ފުލުހެއްގެ ސައިކަލުގައި ރޯކޮށްލާފައިވާ މައްސަލައިގައެވެ. އުފުލާފައިވަނީ މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާއެވެ. މި ދައުވާ އުފުލާފައިވަނީ އެ ރަށު މެޖިސްޓްރޭޓް ކޯޓުގައެވެ.

މި ހާދިސާއަކީ މިލަދޫ ފުލުހުންގެ ޑެސްކުގައި މަސައްކަތްކުރާ ފުލުހަކު މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހުއްޓުވި ފަހުން އެ ފުލުހަށް އިންޒާރު ދިނުމަށްފަހު ހިންގި އަމަލެކެވެ. ރޭގަނޑުގެ ދަންވަރު ވަގުތު އެ ސައިކަލުގައި ރޯކޮށްލި މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑއާގައި އޭރު އާއްމުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް