ޕޯސްޓު މެދުވެރިކޮށް ފަސް ލައްކަ ރުފިޔާގެ ޑްރަގް އެތެރެކުރި މައްސަލައިގަ މީހަކު ހައްޔަރުކޮށްފި

ޕޯސްޓު މެދުވެރިކޮށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރި މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ. ކަސްޓަމްސްއިން ރޭ ބުނީ އެ މައްސަލައިގަ އަތުލައިގަތް މަސްތުވާތަކެތީގެ އަގު ފަސްލައްކަ ރުފ...

08 May 2022 | 07:43

ޕޯސްޓު މެދުވެރިކޮށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރި މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

ކަސްޓަމްސްއިން ރޭ ބުނީ އެ މައްސަލައިގަ އަތުލައިގަތް މަސްތުވާތަކެތީގެ އަގު ފަސްލައްކަ ރުފިޔާއަށްވުރެ މަތި ކަމަށެވެ. އެ ތަކެތި އަތުލައިގަތީ މިދިޔަ މަހުގެ28 ވަނަ ދުވަހު ރާއްޖެ އައި ޕާރުސަލެއްގެ ތެރެއިންނެވެ.

އެތަކެތި ޕޮސިޓިވްވެފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތުއެމްފަޓަމައިން (މެތު) އަށެވެ.

ކަސްޓަމްސްއިން ބުނީ އެ މަސްތުވާތަކެތި ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލައިގަ 18 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

ފުލުހުން ބުނީ މައްސަލަ ތަހްގީގު ކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް