ވިލިނގިލި-ކޫއްޑޫ ބްރިޖް ހުވަފެން ހަގީގަތަކަށް ވެގެންދާނެކަމުގައި އެ ދާއިރާގެ މެންބަރު ސައުދު ހުސެއިން ވިދާޅުވެއްޖެއެވެ.
ސައުދު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލުކުރެއްވުމަށްފަހު އެ ބައްދަލުކުރެއްވުމުގެ ފޮޓޯއާއެކު ކުރެއްވި ޓްވީޓެއްގައެވެ.
"ރައީސް ސޯލިހް އާ ބައްދަލުވެ، ވިލިނގިލި ދާއިރާގެ ކުރަން ހުރި މުހިއްމު މަސައްކަތްތަކާއި ބެހޭގޮތުން މަޝްވަރާ ކުރެވުނު" ސައުދު ވިދާޅުވެފައިވެެއެވެ.
https://twitter.com/SaudVillingili/status/1523019520725553153?ref_src=twsrc%5Etfw
ސައުދު ވިދާޅުވެފައިވަނީ އިރާދަކުރެއްވިއްޔާ އެ ހުވަފެން ހަގީގަތަަކަށް ވެގެންދާނެ ކަމަށާއި ގައުމު ބިނާކޮށް އާރާސްތުކުރުމަށް ރައީސް ކުރައްވާ ބުރަ މަސައްކަތްޕުޅަށް ޝުކުރު ހައްގު ކަމަށެވެ.
ވިލިނގިލި-ކޫއްޑޫ ބްރިޖަކީ ރައީސް ސޯލިހްގެ ވައުދުފުޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް