އެމެރިކާގެ ލަވަކިޔުންތެރިޔާ އަދި ޕްރިޔަންކާ ޗޯޕްރާގެ ފިރިމީހާ ނިކް ޖޯނަސް ކުރުތާއެއް ލައިގެން ހުރި ފޮޓޯއާއެކު އިންޑިޔާ ފޭނުންގެ ހިތް ދަމައިގެންފިއެވެ.
ނިކް އާއި ޕްރިޔަންކާގެ ލޮސްއެންޖަލިސް ގޭގައި ނަގާފައިވާ ފޮޓޯއަކީ ކޮން މުނާސަބަތެއްކަމާއި މެދު ވަކި އެއްޗެއް ބުނެފައިނުވާއިރު ފޭނުންދަނީ އެއީ އާ ބޭބީ އަށް ބޭއްވި ސެރަމަނީއެއްތޯ ސުވާލުކުރަމުންނެވެ. އިންޑިޔާ ފޭނުންގެ ތައުރީފު ނިކްއަށް އޮހެމުންދާއިރު އެންމެވެސް ބުނަމުންދަނީ ކުރުތާގައި ނިކް ވަރަށް ރީތިކަމަށެވެ.
ޕްރިޔަންކާ އެންމެފަހުން ސްކްރީނުން ފެނިފައި ވަނީ ހޮލީވްޑްގެ ފިލްމް ދަ މެޓްރިކްސް ރިސޮރެކްޝަންސް އިންނެވެ. ޕްރިޔަންކާގެ ކުރިއަށް ހުރި ފްލްތަކުގެ ތެރޭގައި ހޮލީވްޑްގެ އިޓްސް އޯލް ކަމިންބެކްޓްމީ އާއި އެމަޒޯން ޕްރައިމް ވީޑިއޯގެ ވެބް ސީރީޒް ސިޓަޑެލް ހިމެނެއެވެ. އަދި ބޮލީވުޑްގެ ފިލްމަކުން އެންމެ އަވަހަށްފެންނާނީ ފަރްހާން އަހްތަރުގެ ޖީލޭޒަރާއިން ކަމުގައި ރިޕޯޓްތައް ބުނެއެވެ.
ބަތަލާ ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޯނަސްއަށް ދަރިއަކު ލިބުނުކަން މި އަހަރުގެ ޖެނުއަރީމަހު ވަނީ އިއުލާން ކޮށްފައެވެ. މި ކުއްޖާ ހޯދާފައިވަނި ސަރަގޭޓް މަންމައެއްގެ ފަރާތުންނެވެ. މި ދެތަރިން ކައިވެނި ކޮށްފައިވަނީ 2018 ވަނަ އަހަރުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް