މުސާރަ ބޮޑުކޮށްދިނުމަށް ގޮވާލާ ޔުނިވާސިޓީތަކުގެ މުވައްޒަފުން ހިމޭން އިހުތިޖާޖެއްގައި

މުސާރަ ބޮޑުކޮށްދިނުމަށް ގޮވާލާ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ މުވައްޒަފުން އިހުތިޖާޖު ކުރަމުން އެބަދެ އެވެ. އެ މުވައްޒަފުން ހިމޭންކަމުގެ އިހުތިޖާޖު މިއަދު ކުރަނީ މިމަހުގެ އެއް ވަނަ ދުވ...

08 May 2022 | 05:50

މުސާރަ ބޮޑުކޮށްދިނުމަށް ގޮވާލާ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ މުވައްޒަފުން އިހުތިޖާޖު ކުރަމުން އެބަދެ އެވެ.

އެ މުވައްޒަފުން ހިމޭންކަމުގެ އިހުތިޖާޖު މިއަދު ކުރަނީ މިމަހުގެ އެއް ވަނަ ދުވަހުން ފެށިގެން ޓީޗަރުންނާއި ޕްރިންސިޕަލުންގެ މުސާރަ ބޮޑު ކުރުމުންނެވެ. އޭގެ ތެރޭގައި ޔުނިވާސިޓީތަކުގެ ލެކްޗަރާއިން ހިމަނާފައިނުވާތީ އެ ބޭފުޅުން ވިދާޅުވެފައި ވަނީ އެއީ ސަރުކާރުން ޖެހި ތަފާލެއް ކަމަށެވެ.

މިކަމާއި ހިތްހަމަ ނުޖެހި މިއަދު އެމްއެންޔޫގެ މުވައްޒަފުން ކުރަމުންދަނީ ހިމޭންކަމުގެ އިހުތިޖާޖެކެވެ. ވަޒީފާއަށް ނުކުމެތިބީ ހުރިހާ މުވައްޒަފުންނާއި ލެކްޗަރާއިން ކަޅު ހެދުމުގައި އެވެ.

އަދި ތަފާތު ޝުއޫރުތައް ހިމެނޭ ބޯޑުތައް ހިފައިގެން އެމްއެންޔޫގެ ކެމްޕަސްތަކުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

އެމީހުން ގެންގުޅެމުންދާ ބޯޑުތަކުގައި ލިޔެފައިވާގޮތުގައި ޔުނިވާސިޓީތަކުގެ މުވައްޒަފުން ބާކީކޮށް ނުލުމަށް އެދިފައިވެ އެވެ. މެއި އެކަކުން ފެށިގެން އެމީހުންގެ މުސާރަވެސް ބޮޑުކޮށްދިނުމަށް އެދިފައިވާއިރު އިތުރަށް ބުނެފައިވާ ގޮތުގައި އެމީހުންނަކީ ގައުމު ހިންގަން ތިބި މީހުން ބިނާ ކުރާ މީހުންކަން ފާހަގަ ކޮށްފައިވެ އެވެ.

https://twitter.com/alizaid1000/status/1523175235352403969

ޔުނިވާސިޓީ މުވައްޒަފުން ހިމޭން އިހުތިޖާޖު ކުރަމުންދާއިރު ފިނޭންސް މިނިސްޓްރީން ވަނީ ލެކްޗަރާއިންގެ މުސާރަވެސް ބޮޑުކޮށްދޭނެ ކަމަށް ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް