ތޫފާން އަސަނި އުފެދިއްޖެ، މިސްރާބު ހުރީ އިންޑިއާ އައްސޭރިފަށަށް

ބަންގާޅުކަނޑުގައި އުފެދުނު ކޮޅިގަނޑު އިތުރަށް ބާރުގަދަވެ ތޫފާނަކަށް ބަދަލުވެއްޖެއެވެ. މި ތޫފާނަށް ދީފައިވާ ނަމަކީ ތުފާން "އަސަނި" އެވެ. މިއީ ލަންކާއިން ދީފައިވާ ނަމެކެވެ. މާނައަކީ "ރުޅި" އެވެ. ތޫފާން ...

08 May 2022 | 04:59

ބަންގާޅުކަނޑުގައި އުފެދުނު ކޮޅިގަނޑު އިތުރަށް ބާރުގަދަވެ ތޫފާނަކަށް ބަދަލުވެއްޖެއެވެ.

މި ތޫފާނަށް ދީފައިވާ ނަމަކީ ތުފާން "އަސަނި" އެވެ. މިއީ ލަންކާއިން ދީފައިވާ ނަމެކެވެ. މާނައަކީ "ރުޅި" އެވެ.

ތޫފާން އަަސަނި އުފެދި އޭގެ މިސްރާބު ހުރީ އިންޑިއާގެ އަންދުރަ ޕްރަދޭޝާއި އޮޑީޝާ ގުޅޭ ހިސާބުގެ އައްސޭރިއަށެވެ. މި ތޫފާން ސީދާ އިންޑިއާއަށް އަރާފާނެކަމަށް ނުބެލެވުނު ނަމަވެސް އައްސޭރިފަށާ ގާތްވާނެތީ އިންޑިއާއަށް އަސަރުތަކެއް ކޮށްފާނެ ކަމަށް ބެލެވެއެވެ.

އިންޑިއާގައި ގާއިމްކޮށްފައި ހުންނަ ސަރަހައްދީ މޫސުމާއި ބެހޭ އިދާރާއިން ބުނެފައިވާގޮތުގައި މި ތޫފާން ބާރުގަދަ ތޫފާނަަކަށް މިއަދު ހަވީރު ނުވަތަ މިރޭ ބަދަލުވާނެއެވެ. އަދި ބާރު ދަށް ތުފާނެއްގެ ކެޓަގަރީއަށް އަލުން ދާނެކަމަށް އަންދާޒާ ކުރަނީ 11 ވަނަ ދުވަހުގައެވެ.

މި ތޫފާނުގެ އަސަރު ނުސީދާގޮތެއްގައި ރާއްޖެއަށް ކުރާކަމަށް ރޭގައި މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފައިވެއެވެ. އެގޮތުން މުޅި ރާއްޖެ ހިމެނޭހެން ވަޔާއި ކަނޑު ގަދަވުން ފާހަގަކުރެވޭކަމަށް މެޓުން ބުނެފައިވެއެވެ.

ތޫފާން އަސަނި މިއީ މި އަހަރު މި ސަރަހައްދުގައި އުފެދުނު ފުރަތަމަ ތޫފާނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް