އައްޑޫ ސިޓީން އިތުރު ހަތް މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓީން އިތުރު ހަތް މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ. އައްޑޫ ލައިވްގައި ރިޕޯޓްކޮށްފައިވާގޮތުގައި މި ހަތް ކޭސްގެ ތެރެއިން ފަސް ކޭސް ފެނިފައިވަނީ ހުޅުމީދޫއިންނެވެ. އަނެއް ދެކޭސް ފެނިފައިވަނީ ހި...

08 May 2021 | 18:50

އައްޑޫ ސިޓީން އިތުރު ހަތް މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

އައްޑޫ ލައިވްގައި ރިޕޯޓްކޮށްފައިވާގޮތުގައި މި ހަތް ކޭސްގެ ތެރެއިން ފަސް ކޭސް ފެނިފައިވަނީ ހުޅުމީދޫއިންނެވެ. އަނެއް ދެކޭސް ފެނިފައިވަނީ ހިތަދޫއިންނެވެ.

މިއާއެކު އައްޑޫ ސިޓީގެ ޖުމްލަ އަދަދުތަކަށް ބަލާލާއިރު ހިތަދޫގައި އެކްޓިވް 20 ކޭސް، ފޭދޫގައި އެކްޓިވް ދެ ކޭސް އަދި ހުޅުމީދޫގައި އެކްޓިވް 24 ކޭސް އެބަވެއެވެ.

އައްޑޫ ސިޓީގައި އަނެއްކާވެސް ކޮވިޑު ފެތުރެމުން އަންނައިރު އެ ސިޓީގައި ހަތް ދުވަހުގެ މުއްދަތަށް ކާފިއު ވަނީ އިއުލާނު ކޮށްފައެވެ. ކާފިއު އިއުލާނުކޮށްފައިވަނީ ރޭގަނޑު ނުވަޔަކުން ފަތިހު ހަތަރަކަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް