މިއަދު ކޮވިޑަށް ރާއްޖެއިން 500 އަށްވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާއިރު ހަތަރު ހާހަށްވުރެ ގިނަ ސާމްޕަލެއް ބެކްލޮގްގަ އެބަ ވާކަމަށް އެޗްއީއޯސީން ބުނެފިއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުން ފަށަމުންވެސް މަބްރޫކް ފާހަގަކުރެއްވީ އަދަދުތައް ދަށްވެފައިވާއިރު ބެކްލޮގެއް އުޅޭ ކަމަށެވެ.
އެއީ ކިހާ އަދަދެއްގެ ބެކް ލޮގެއްތޯ ސާފު ކުރުމަށް ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މަބްރޫކް ވިދާޅުވީ ބެކްލޮގްގައި ހަތަރު ހާސް ސާމްޕަލް އެބަ ވާކަމަށެވެ.
ބެކް ލޮގްގައި ހަތަރު ހާސް ސާމްޕަލް އުޅޭއިރު މިއަދު 500 އަށްވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވަނީ ހަތަރުހާސް ސާމްޕަލް ޕްރޮސެސް ކުރެވިގެންނެވެ. އެހެންކަމުން އިތުރު ހަތަރުހާސް އުޅޭއިރު މި ބެކްލޮގް ފިލުވާލެވޭއިރު ޕޮޒިޓިވް އަދަދު ވަރަށް ގިނަ ވާނެ ކަމުގައި ބެލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް