ބޮން ގޮއްވާލި ކަމަށް ބެލެވޭ މީޙާގެ ފޮޓޯތައް، ނާއިޝް އެންހޭންސްޑް ކޮށްދީފި، ހުރިހާ ފޮޓޯއަކުންވެސް އެއް ލޯ އަވަރު!

ފޮޓޯގްރާފަރ އަދި އެޑިޓިން މަސައްކަތް ކުރަމުން އަންނަ ނާއިޝް އިބްރާހިމް މިވަނީ، ރައީސް ނަޝީދަށް ހަމަލާ ދިން ހާދިސާގެ މެއިން ސަސްޕެކްޓް ދެނެގަތުމުގައި ވަރަށް ފަސޭހަ ކޮށްދީފައެވެ. އެގޮތުން ނާއިޝަށް ލިބިފ...

08 May 2021 | 12:28

ފޮޓޯގްރާފަރ އަދި އެޑިޓިން މަސައްކަތް ކުރަމުން އަންނަ ނާއިޝް އިބްރާހިމް މިވަނީ، ރައީސް ނަޝީދަށް ހަމަލާ ދިން ހާދިސާގެ މެއިން ސަސްޕެކްޓް ދެނެގަތުމުގައި ވަރަށް ފަސޭހަ ކޮށްދީފައެވެ.

އެގޮތުން ނާއިޝަށް ލިބިފައިވާ ހުނަރުގެ ބޭނުންކޮށްގެން ނާއިޝް މިވަނީ އާންމުވެފައިވާ ފޮޓޯތައް، އަދި ފުލުހުން އާންމުކޮށްފައިވާ ފޮޓޯތައް ވަރަށް ބޮޑަށް އެންހޭންސްކޮށް ފޮޓޯ ކޮލިޓީ އިތުރަށް ރީތިކޮށް، އެއީ ކާކުކަން ފަސޭހައިން ދެނެގަނެވޭނެ ފަދަ ގޮތަކަށް ފޮޓޯ އެންހޭންސް ކޮށްދީފައެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ނާއިޝް ވިދާޅުވީ ފުލުހުން ފަހުން ހާމަކުރި ތިން ފޮޓޯވެސް މިހާރު އެޑިޓު ކުރެވިފައިވާކަމަށާއި ތިން ފޮޓޯއިންވެސް ހާއްސަ ކަމެއް ފާހަގަ ކުރެވޭ ކަމަށެވެ.

"ބަލާ ބެލުމަށް އެބަ ފާހަގަވޭ، އެއް ލޯ ފާޑަކަށް އިންނަކަން" ނާއިޝް ބުންޏެވެ.

އެއީ ލޯ އަވަރުވެފައި ހުރުންތޯ އެހުމުން، ނާއިޝްވެސް ބުނީ ފެންނަ ފެނުމަށް އެހެންވެފައި ހުރި ކަމަށް ފޮޓޯތަކުން ފާހަގަވާކަމަށެވެ.

ނާއިޝްގެ މި މަސައްކަތް ނާއިޝް އަންނަނީ ދިވެހި ފުލުހުންނާވެސް ހިއްސާ ކުރަމުންނެވެ. ނާއިޝްގެ ވެސް ބޭނުމަކީ ވެވެން އޮތް އެހީއެއްވެ، މި އަނިޔާވެ އަމަލު ހިންގި ފަރާތް އިންސާފުގެ ކުރިމައްޗަށް ގެނައުމެވެ.

ނާއިޝް އިތުރަށް ބުނީ މި ފޮޓޯތައް އެންހޭންސް ކުރުމުގައި ކަލަރ ކަރެކްޝަނަށް ބޭނުންކުރީ ލައިޓް ރޫމް އަދި ފޮޓޯޝޮޕެވެ. އަދި މީގެ އިތުރުން ރެމިނީ ޕްރޯ އޭއައި އަދި އިތުރަށް ފައިން ޓިއުން ކުރުމަށް ފޮޓޯ ޝޮޕެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް