ކޯވިޑް-19ގެ ވޭދަނަތަކެއް ފެނިގެން ހދ. ކުޅުދުއްފުށްޓަށް އަރައިނުފޭބޭ ގޮތަށް ކޮށްފައިވާ އަމަރު އުވާލުމަށް ނިންމާއިފިއެވެ.
ކުޅުދުއްފުށި އަރައިނުފޭބޭ ހާލަތަށް ގެނައީ ކުޅުދުއްފުށީގެ 3 މީހަކު ދައްސިވުމާއި ގުޅިގެން މިމަހުގެ 2 ވަނަ ދުވަހުއެވެ.
ކުޅުދުއްފުށީގައި އަޅާފައިވާ މޮނިޓަރިން އުވާލިކަން އަންގާ އެޗްޕީއޭން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ މިއަދު މެންދުރު 12:30 އިން ފެށިގެން ކުޅުދުއްފުށީގައި އިއުލާންކޮށްފައިވާ މޮނިޓަރިން އުވާލާފައިވާކަމަށެވެ.
ކުޅުދުއްފުށިން ފައްސިވީ ބަލީގެ އަލާމަތް ހުރެގެން ކުޅުދުއްފުށީ ފުލޫ ކްލިނިކަށް ދެއްކި މީހަކާއި އޭނާގެ ގާތް ދެމީހުންނެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނީ ކޮންޓެކްޓް ރޭސިންގެ ތެރެއިން ޑައިރެކްޓް ކޮންޓެކްޓް 31 މީހަކާއެކު ރެންޑަމް ސާމްޕަލް 234 މީހެއްގެ ސާމްޕަލް ނަގާފައިވާކަމަށެވެ. ނަމަވެސް އެއްވެސް ސާމްޕަލްއެއް ފައްސިވެފައިނުވާކަމަށް އެހޮސްޕިޓަލުން ބުންޏެވެ.
ވޭތުވެ ދިޔަ 48 ގަޑިއިރަށް ބަލާއިރުވެސް ރާއްޖެއިން ކޯވިޑް ޖެހިގެން 9 މީހުން ވަނީ ނިޔާވެފައެވެ. އަދި އެކްޓިވް ވޭދަނަތަކާއި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދުވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް