ހަލުއި ކަމާއެކު ކޯވިޑް-19 ފެތުރެމުންދާތީ، މި ދަނޑިވަޅުގައި ލޭ ހަދިޔާ ކުރުމަށް މޯލްޑިވިއަން ބްލަޑް ސަރވިސް (އެމްބީއެސް)ން އާންމު ރައްޔިތުންގެ ކިބައިން އެދިއްޖެއެވެ.
ލޭ ހަދިޔާ ކުރުމަށް އެދި އެމްބީއެސްއިން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި ލޭ ލިބުމުގައި ދަތިތަކާއި ކުރިމަތިވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. މީގެ ކުރިން ވެސް ކޯވިޑް-19 ފެތުރޭތީ މާލެ ސިޓީ ލޮކްޑައުން ކުރުމާއެކު ލޭ ލިބުމުގައި އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނު ކަމަށް އެމްބީއެސްއިން ބުނެފައިވެއެވެ.
ތެލެސީމިއާ ކުދިންގެ ގަޔަށް އަޅަން ހަފުތާއަކު 160 ޔުނިޓްގެ ލޭ ބޭނުންވެއެވެ. އެމްބީއެސްއިން ބުނީ ތެލެސީމިއާ ކުދިންގެ ފުރާނަ ސަލާމަތްކުރުމަށް ވީހާވެސް ގިނަ ބައެއް ލޭ ހަދިޔާކޮށްދިނުމަށް އެދޭ ކަމަށެވެ.
ރާއްޖެއަށް ކޯވިޑް-19ގެ ހަތަރު ވަނަ ރާޅެއް އަރާފައިވާއިރު އެކްޓިވް ކޭހުގެ އަދަދު މިހާރު ހުރީ 8261 ގައެވެ. ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން 205 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް