ރައީސް ނަޝީދުގެ އެތެރެހަށީގެ ބައެއް ގުނަވަންތަކާއި ހަށިގަނޑަށްވެސް ބޮޑެތި ގެއްލުންތަކެއް!

ބުރާސްފަތިދުވަހުގެރޭ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާދޭން ބޭނުންކުރި އައިއީޑީގައި ހުރި ރޭޒާފުއްތަކާއި ދަގަނޑު އެތިކޮޅުތަކުން އެތައްބައެއް އެމަނިކުފާނުގެ މޭފުޅާއި ބަނޑުފުޅުގެ އިތުރުން ހަށިގަނޑު...

08 May 2021 | 10:31

ބުރާސްފަތިދުވަހުގެރޭ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާދޭން ބޭނުންކުރި އައިއީޑީގައި ހުރި ރޭޒާފުއްތަކާއި ދަގަނޑު އެތިކޮޅުތަކުން އެތައްބައެއް އެމަނިކުފާނުގެ މޭފުޅާއި ބަނޑުފުޅުގެ އިތުރުން ހަށިގަނޑުގެ އެތަންމިތަނަށް ވަނީ ހެރި މޭކަށިގަނޑުގެ ބައެއް ރިބުތައް ފުނޑުފުނޑުވެ، އެތެރެހަށީގެ ބައެއް ގުނަވަންތަކާއި ހަށިގަނޑަށްވެސް ބޮޑެތި އަނިޔާތަކެއް ވެފައި ލިބިފައިވާކަން އެމަނިކުފާނަށް ފަރުވާދެމުންދާ އޭޑީކޭ ހޮސްޕިޓަލުން ހާމަކުރައްވައިފިއެވެ.

މިހާރު ކުރިއަށްދާ ނުސްވެރިންގެ ބައްދަލުވުމުގައި އޭޑީކޭގެ ޑޮކްޓަރުންގެ ޓީމުން ދަނީ ރައީސް ނަޝީދަށް ލިބިފައިވާ އަނިޔާގެ ތަފްސީލް ހާމަކުރައްވަމުންނެވެ. މި މައުލޫމާތު ހާމަ ކުރައްވާފައި ވަނީ ރައީސް ނަޝީދާއި އާއިލާގެ އިޒުނަ ލިބިގެންނެވެ.

އޭޑީކޭގެ ޑޮކްޓަރުން ވިދާޅުވިގޮތުގައި ރައީސް ނަޝީދުގެ ގޮހޮރުވަނީ ފޫގޮސްފައެވެ. މިއީ ވަރަށް ނުރައްކާތެރިކަމެއްކަމަށާއި، މިފަދަ ޙާލަތްތަކުގައި ޢާއްމުކޮށް ބަނޑު ތެރެއަށް ނަޖިސް ލީކުވެ އިންފެކްޓްވާގޮތް މެދުވެއެވެ. އެހެންނަމަވެސް ރޯދަ މަސް ކަމުން ރައީސް ނަޝީދުގެ ގޮހޮރު ވަރަށް ބޮޑަށް ހުސްކޮށް އޮތުމުން މާބޮޑަށް ބަނޑު ތެރެއަށް ނަޖިސް އެޅިފައިނުވާކަމަށް ޑޮކްޓަރުން ވިދާޅުވިއެވެ. ނަމަވެސް އަދިވެސް އެކަމުގެ ނުރައްކާ ކޮންމެވެސްވަރަކަށް އެބައޮތްކަމަށް ޑޮކްޓަރުން ވިދާޅުވިއެވެ.

މީގެ އިތުރުން، އެމަނިކުފާނުގެ ހިތަށް ރޭޒާ ފުކެއް ނާރާ ސަލާމަތް ވެފައި ވަނީ ވަރަށް ހަނިގޮތަކަށް ކަމަށް، އެމަނިކުފާނަށް ފަރުވާދެއްވި އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމުން ވިދާޅުވިއެވެ.

ޑޮކްޓަރުންގެ ޓީމުން ބުނީ، ރައީސް ނަޝީދުގެ ހަށިގަނޑަށް ވަރަށް ގިނަ އަދަދަކަށް ރޭޒާ ފުށްތައް ވަދެފައިވާ ކަމަށެވެ. އަދި ބައެއް ގުނަވަންތައް ފޫ އަޅުވާފައި ފުށްތައް ނުކުމެފައިވާ ކަމަށެވެ. އެގޮތުން ފުއްޕާމެއަށް ވަދެފައިވާ އެއް ފުށް ވެސް ފޫއަޅާފައި ނުކުމެފައިވާ ކަމަށާއި އަދި ފުއްޕާމޭގެ އަޕަ ލޯބް ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށެވެ. އަދި ބަނޑު ވެސް ފޫއަޅާފައިވާ ކަމަށް ޑޮކްޓަރުން ވިދާޅުވި އެވެ.

ތަފްސީލް އަންނަނީ....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް