ބުރާސްފަތި ދުވަހުގެ ރޭ މާލޭގައި ދިން ނިރުބަވެރި ހަމަލާގައި އަނިޔާވި، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ހާލުކޮޅު ރަނގަޅުވެ ވެންޓިލޭޓަރުން ނަގައިފިއެވެ.
https://twitter.com/Nashsat/status/1390924675362955266?
ރައީސް ނަޝީދުގެ ކޮއްކޯފުޅު ނަޝް އަބްދުލް ސައްތާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅުވެ ލައިފް ސަޕޯޓް ވެންޓިލޭޓަރުން ވެސް ނަގާފައިވާ ކަމަށެވެ. އަދި އެމަނިކުފާނުގެ މަންމާފުޅާއި ބައްޕާފުޅާ ވެސް ވާހަކަފުޅު ދެއްކެވޭ ގޮތްވި ކަމަށް ނަޝް ވިދާޅުވިއެވެ.
އެ ގޮތުން ރައީސް ނަޟީދު އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅޭ ވިދާޅުވި ކަމަށް ކޮއްކޯފުޅުގެ ޓްވީޓްގައި ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް