ކޮޅުފުއްޓާއި ބޮޑުފޮޅުދޫގެ މޮނިޓަރިންގ ހާލަތު އުވާލައިފި

މ. ކޮޅުފުއްޓާއި އދ ބޮޑުފޮޅުދޫގެ މޮނިޓަރިންގ ހާލަތު އުވާލައިފިއެވެ. ކޮޅުފުށި މޮނިޓަރިންގް އަށް ލާފައި ވަނީ އޭޕްރީލް 30 ވަނަ ދުވަހުއެވެ. އެރަށް މޮނިޓަރިންގްއަށް ލާފައި ވަނީ ކޮޅުފުއްޓާއި މާލެއާއި ދެމެދު ...

08 May 2021 | 03:07

މ. ކޮޅުފުއްޓާއި އދ ބޮޑުފޮޅުދޫގެ މޮނިޓަރިންގ ހާލަތު އުވާލައިފިއެވެ.

ކޮޅުފުށި މޮނިޓަރިންގް އަށް ލާފައި ވަނީ އޭޕްރީލް 30 ވަނަ ދުވަހުއެވެ. އެރަށް މޮނިޓަރިންގްއަށް ލާފައި ވަނީ ކޮޅުފުއްޓާއި މާލެއާއި ދެމެދު ދަތުރުކުރާ ބޯޓެއްގެ ފަޅުވެރިއަކު ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެންނެވެ.

އެރަށް މޮނިޓަރިންގެ ހާލަތުން ވީއްލުނުކަން އަންގާ، ޑިރެކްޓަރ ޖެހެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާފައިވާ ލިޔުމުގައި ވަނީ އެރަށުގެ މޮނިޓަރިންގެ ހާލަތު އުވާލީ ބަލަން ޖެހޭ ކަންކަން ބެލުމަށްފަހުގައި ކަމަށެވެ.

މީގެ ކުރިންވެސް ކޮޅުފުށި މޮނިޓަރިންގްއަށް ލާފައި ވެއެވެ. އެފަހަރު މޮނިޓަރިންއަށް ލާފައި އޮތީ ޖެނުއަރީ މަހުގެ 26 ން ފެބްރުއަރީ 11 ވަނަ ދުވަހުގެ ނިޔަލަށެވެ.

އއ ބޮޑުފޮޅުދޫ މޮނިޓަރިންގް އަށް ލާފައި ވަނީ އޭޕްރީލް ފަހުކޮޅުއެވެ. ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ އެ ރަށުގެ ކައުންސިލަށް އެޗްޕީއޭއިން ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ ކޯވިޑް-19 އިން ރައްކާތެރިވުމަށް އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ކަމަށެވެ. އަދި އެ ރަށްތައް މޮނިޓަރިންއަށް ލާފައިވަނީ ކޮންޓެކްޓު ޓްރޭސިން ހަދައި ނިމެންދެން ކަމަށް އެ އެންގުމުގައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް