ތ. ހިރިލަންދޫން މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
އެރަށު ކައުންސިލުން ބުނެފައިވާގޮތުގައި ހިރިލަންދޫން ޕޮޒިޓިވް ވެފައިވަނީ ރޭންޑަމް ސާމްޕަލެކެވެ.
"4 މެއި 2021 ވަނަ ދުވަހު ހިރިލަންދޫ ހެލްތު ސެންޓަރުން ފޮނުވުނު ރޭންޑަމް ސާމްޕަލްތަކުން ސާމްޕަލެއް ވަނީ ކޮވިޑަށް ފައްސިވެފައި" ހިރިލަންދޫ ހެލްތު ސެންޓަރުން ބުނެފައިވެއެވެ.
ރޭންޑަމް ސާމްޕަލެއް ޕޮޒިޓިވް ވި ނަމަވެސް އަދި އެ ރަށް މޮނީޓަރިން ހާލަތަށް ގެންދިޔަކަން އަންގާފައެއް ނުވެއެވެ. ނަމަވެސް އަމަލުކުރަމުން އަންނަ ގޮތަކީ ކަރަންޓީނުގައި ނެތް މީހަކު ޕޮޒިޓިވް ވެއްޖެ ނަމަ އެ ރަށެއް މޮނީޓަރިން ހާލަތަށް ގެންދިއުމެވެ.
ހިރިލަންދޫން މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު އެ އަތޮޅު ވޭމަންޑުއާއި މަޑިފުށީ އޮތީ މޮނީޓަރިން ހާލަތުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް