އއ ފެރިދޫއިން ނެގި ރެންޑަމް ސާމްޕަލް އެއް ކޮވިޑަށް ފައްސިވެއްޖެއެވެ.
ފެރިދޫ ހެލްތް ސެންޓަރުން ބުނެފައި ވަނީ2021 މެއި5 ވަނަ ދުވަހު އެރަށުން ނެގި 4 ރެންޑަމް ސާމްޕަލް ތެރެއިން 1 ފަރާތެއްގެ ސާމްޕަލް ވަނީ ކޮވިޑް 19 އަށް ފައްސި ވެފައިކަމަށެވެ.
އެހެންކަމުން އެ މަރުކަޒުން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށާއި މިކަމުގައި ހުރިހާ ރައްޔިތުންގެ އެއްބާރުލުން ދިނުމަށް އެ މަރުކަޒުން އެދިފައިވެއެވެ.
ފެރިދޫ އަދި މޮނިޓަރިންގް ގެ ހާލަތަށް ލާފައި ނުވާއިރު، މިއަދުވެސް ކޮވިޑްގެ ކޭސްތައ، އެހެންް ބައެއް ރައްރަށުން ވެސް ފެނިފައި ވެއެވެ. ކޯވިޑް ކޭސްތަކާއި ގުޅިގެން މިހާރު މޮނިޓަރިންގެ ހާލަތުގައި އޮތީ 29 ރަށެކެވެ. އޭގެ ތެރެއިން މިއަދު މޮނިޓަރިންއަށް ލާފައިވަނީ ފުނަދޫ އާއި ނ. ވެލިދޫ އެވެ.
މި ފަހަކަށް އަހިސް ރާއްޖެއިން ރެކޯޑު އަދަދަކަށް މީހުން ކޮވިޑަށް ޕޮޒިޓިވް ވަމުން ދާއިރު، 766 މީހަކު މިއަދު ޕޮޒިޓިވް ވެފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ.
މިވަގުތު 8،261 މީހަކަށް ކޯވިޑް ޖެހިގެން ދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން 205 މީހަކަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް