ރާއްޖެ އެތެރެ ކުރަން އުޅުނު ހަތަރު މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ރާއްޖެ އެތެރެ ކުރަން އުޅުނު 1.1 ކިލޯ ގްރާމްގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ. ކަސްޓަމްސްއިން ބުނީ މި މައްސަލައިގަ ހިފަހައްޓާ ބަލާ ފާސްކުރެވިފައިވަނީ އުމުރުން 54 އަހަރުގެ ޕާކިސްތާނު ފިރިހެނެއް ކަމާ...

08 May 2017 | 15:04

ރާއްޖެ އެތެރެ ކުރަން އުޅުނު 1.1 ކިލޯ ގްރާމްގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ކަސްޓަމްސްއިން ބުނީ މި މައްސަލައިގަ ހިފަހައްޓާ ބަލާ ފާސްކުރެވިފައިވަނީ އުމުރުން 54 އަހަރުގެ ޕާކިސްތާނު ފިރިހެނެއް ކަމާއި އޭނާ އަތުން ފެނިފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން ކަމަށެވެ. އަދި އެއީ މަގުމަތީ އަގުގެ ހަތަރު މިލިއަން ރުފިޔާގެ ހެރޮއިން ކަމަށެވެ.

އެމީހާގެ އަމަލުތައް ހުރި ގޮތުން ކަސްޓަމްސް އޮފިސަރުން އޭނާ ހުއްޓުވާ ބަލާ ފާސްކުރި އިރު މަސްތުވާތަކެތި ފެނިފައިވަނީ އޭނާ އަރައިގެން ހުރި ބޫޓުންނެވެ. އެމީހާ ރާއްޖެ އައިސްފައިވަނީ ދުބާއީން ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.

ކަސްޓަމްސް އިން އެ މައްސަލަ ހޯދުނު މަސްތުވާތަކެއްޗާއި އެމީހާ ފުލުހުންނާއި ހަވާލުކޮށްފައި އެވެ.

މިދިޔަ ހަފްތާގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ދެ ގެއެއް ބަލާ ފާސްކޮށް  މަގުމަތީ އަގުގެ 1.6 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފަ އެވެ. އެ މައްސަލަ ފުލުހުން ވަނީ ދެމީހަކު ހައްޔަރުކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް