އަމިއްލަ ތަންތަނުން އާސަންދަ ހިދުމަތް މިދިޔަ ހޮނިހިރު ދުވަހުގެރޭ މެދުކަނޑާލުމާއި ގުޅިގެން ސިފައިންގެ ހޮސްޕިޓަލް ސެނަހިޔާއިންވެސް އެ ހިދުމަތް ކަނޑާލުމަށްފަހު މިއަދު އަލުން އެ ހިދުމަތް ދޭން ފަށައިފި އެވެ.
ސެނަހިޔާއިން މި ހިދުމަތް ދޭންފަށާފައިވާކަން ހާމަކޮށްފައިވަނީ އެމްއެންޑީއެފުން ކޮށްފައިވާ ޓްވީޓެއްގަ އެވެ. އެ ޓްވީޓްގައި ބުނެފައިވަނީ ސެނަހިޔާ ހޮސްޕިޓަލުން އާސަންދަ ލިބޭގޮތް ވަނީ ހަމަޖެހިފައި ކަމަށެވެ.
https://twitter.com/MNDF_Official/status/861572243482001408
ސެނަހިޔާއިން އާސަންދަ ހިދުމަތް ދޭން ފަށާފައިމިވަނީ ކުރިއެކޭ އެއްގޮތަށް އާސަންދައިގެ ހިދުމަތް ދިނުމަށް މިއަދު ރައީސުލްޖުމްހޫރިއްޔާ ނިންމެވުމާއި އެކުގަ އެވެ.
އަމިއްލަ ތަންތަނުން އާސަންދަ ކަނޑާލުމަށް ފަހު އަލުން އެ ނިންމުން ބަދަލު މި ކުރީ ރައްޔިތުން ވަރަށް ބޮޑަށް ސަރުކާރަށް ފާޑު ކިޔަމުންދަނިކޮށެވެ. އަދި އެގޮތަށް ނިންމީ ކައުންސިލް އިންތިހާބުގައި ސަރުކާރުން ބޭނުންވި ވަރުގެ ކާމިޔާބެއް ނުލިބުމުން ކަމަށް އިދިކޮޅު ފަރާތްތަކުން ބުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް