އިދިކޮޅު ޕާޓީތަކުގެ ވެރިން ލަންކާގައި ބައްދަލު ކުރައްވައިފި

އިދިކޮޅު ސިޔާސީ ޕާޓީތަކުގެ އިސް ސަފުގައި ހަރަކާތްތެރިވާ ބޭފުޅުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެކު ބައްދަލުވުމެއް ބާއްވައިފި އެވެ. މި ބައްދަލުވުން އޮތީ ސްރީލަންކާގައި އެވެ. އިނގިރޭސިވިލާތުން ހިމާ...

08 May 2017 | 12:41

އިދިކޮޅު ސިޔާސީ ޕާޓީތަކުގެ އިސް ސަފުގައި ހަރަކާތްތެރިވާ ބޭފުޅުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެކު ބައްދަލުވުމެއް ބާއްވައިފި އެވެ.

މި ބައްދަލުވުން އޮތީ ސްރީލަންކާގައި އެވެ. އިނގިރޭސިވިލާތުން ހިމާޔަތް ހޯއްދަވައިގެން އުޅުއްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ލަންކާގައި ހުންނަވާތާ މިހާރު މަހަކާއި ގަތް ވަނީ އެވެ.

މި ބައްދަލުވުމާއި ގުޅޭގޮތުން އެ އިއްތިހާދުން ބުނީ މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ ޕާޓީތައް ގުޅިގެން އިސްލާހަށް ކުރެވެމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ކަމަށެވެ. އަދި ގުޅިފައިވާ ޕާޓީ ތަކުގެ ހަރަކާތްތައް ހިންގުމަށް ކުރިމަތިވެފައިވާ ދަތިތަކަކާއި، ގުޅިފައިވާ ޕާޓީ ތަކުގެ ލީޑަރުން މިނިވަން ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.

މި ބައްދަލުވުމުގައި ކުރީގެ ރައީސް ނަޝީދުގެ އިތުރުން އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫން، އެމްޑީޕީ ސަރުކާރުގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމް އަދި ޖޭޕީގެ ފަރާތުން ކުރީގެ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އާސިމް މުހައްމަދު ބައިވެރިވެ ވަޑައިގެންނެވި އެވެ.

ރައީސް ނަޝީދު ލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އެ ގައުމުގައި ތިއްބަވާ ޑިޕްލޮމެޓުންނާއި ބައްދަލު ކުރެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް އެމްޑީޕީން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް