ރައީސް އޮފީހުގެ ޗީފް ކޮމިޔުނިކޭޝަން އޮފިސަރު އަލީ ހާލިދު އެ މަގާމުން ވަކިކޮށްފި އެވެ.
އޭނާ މަގާމުން ވަކި ކުރިކަން ވަނީ މީޑިއާއަށް ކަށަވަރުކޮށްދެއްވާފައި އެވެ. އެކަމަކު އިތުރު ތަފްސީލެއް ނުދެއްވައެވެ.
އަލީ ހާލިދު މަގާމުން ވަކި ކުރި ސަބަބާއި ގުޅޭގޮތުން ރައީސް އޮފީހުން އެއްވެސް އެއްޗެއް ހާމައެއް ނުކުރެ އެވެ. އޭނާ މަތީތައުލީމު ހާސިލް ކުރައްވާފައިވަނީ މެނޭޖްމެންޓު ދާއިރާއިން ނެވެ.
މީގެ ކުރިން ޓީވީއެމްގެ ސީއީއޯގެ މަގާމުވެސް އަދާކުރެއްވި ހާލިދު ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަން އޮފިސަރުގެ މަގާމުގެ އިތުރުން ގެންދެވީ ވެމްކޯގެ ޗެއާމަންކަންވެސް ކުރައްވަމުންނެވެ. އެކަމަކު އެ މަގާމުން އޭނާ ވަކި ކުރެއްވި ކަމެއް ސާފެއް ނުވެ އެވެ.
ސަރުކާރުން ހިންގަވަމުން ގެންދަވާ މުހިންމު ކަންކަމާއި، މައުލޫމާތު ހިއްސާ ކުރުން ހަރުދަނާ ކުރަން ރައީސް އޮފީހުގައި "ކޮމިޔުނިކޭޝަންސް ޑިޕާޓްމަންޓް"ގެ ނަމުގައި ޑިޕާޓްމަންޓެއް އުފައްދަވައި، އެ ޑިޕާޓްމަންޓްގެ އިސްވެރިޔެއްގެ ގޮތުގައި ހާލިދު އައްޔަން ކުރެއްވީ 2015 ނޮވެމްބަރު 24، ގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް