އާސަންދައިގެ ހިދުމަތްސިއްހި ހިދުމަތްދޭ އަމިއްލަ ތަންތަނުން ދިނުމަށް ސަރުކާރުން ނިންމި ނަމަވެސް އެ ހިދުމަތް މި ވަގުތު ދެވެން ނެތް ކަމަށް އަމިއްލަ އެންމެ ބޮޑު ހޮސްޕިޓަލް އޭޑީކޭއިން ބުނެފި އެވެ.
މިމަހުގެ ހަ ވަނަ ދުވަހުގެ ރޭ 12:00 އިން ފެށިގެން އަމިއްލަ ތަންތަނުން އާސަންދައިގެ ހިދުމަތް ދިނުން މެދުކަނޑާލިކަން އާސަންދައިން އެންގި އެވެ. އެކަމަކު މިއަދު ރައީސް އޮފީހުން ވަނީ އެއީ ސަރުކާގެ ނިންމުމެއް ނޫންކަމަށާއި އާސަންދައިގެން އެގޮތަށް ނިންމީ މަޝްވަރާ ނުކޮށްކަމަށް ބުނެ އަލުން އަމިއްލަ ސިއްހީ ހިދުމަތްދޭ ތަންތަނުން އެ ހިދުމަތް ލިބޭނެ ކަމަށް ބުނެ ފައި އެވެ.
އޭޑީކޭއިން މިއަދު ނެރުނު ނޫސްބަޔާނެތްގައި ބުނެފައިވަނީ ރައީސް އޮފީހުން އެގޮތަށް ނިންމިޔަސް އާސަންދަ އޮފީހުން އެފަދަ އެންގުމެއް އެ ހޮސްޕިޓަލަށް ނާންގާ ކަމަށެވެ. އަދި ހަ ވަނަ ދުވަހުގެ ރޭ 12:00 ން ފެށިގެން އަސަންދައިގެ ހިދުމަތް މެދުކަނޑާލަން އެނގުމުން އެ ކުންފުންޏާއި ހޮސްޕިޓަލާއި ދެމެދުވެފައިވާ އެއްބަސްވުން ނިމުމަކަށް އައިސްފައިވާ ކަމަށެވެ.
އެހެންވެ ދެން އެ ހޮސްޕިޓަލުން އާސަންދައިގެ ހިދުމަތް ދޭންފަށާނީ އާސަންދަ ކުންފުންޏާއި އެކު އެއްބަސްވުން އެކުލަވާލެވި ސޮއި ކުރެވުމުން ކަމަށް ބުނެފައިވެ އެވެ.
"މި ހޮސްޕިޓަލުން ދެމުން ގެންދިޔަ އާސަންދައިގެ ހިދުމަތް މެދުކެނޑިފައިވާ ވާހަކަ ހިތާމަޔާއެކު ދަންނަވަމެވެ. އާސަންދަ ޕްރައިވެޓް ލިމިޓެޑާއި މި ހޮސްޕިޓަލާ ދެމެދުވެފައިވާ އެއްބަސްވުން އިޔާދަކުރެވުނުހާ އަވަހަކަށް މި ހޮސްޕިޓަލުން އާސަންދަ ސްކީމްގެ ހިދުމަތް އަލުން ފަށާނެ ވާހާކަ ކަސްޓަމަރުންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ،" އެ ނޫސްބަޔާނުގައި ބުންޏެވެ.

އަމިއްލަ ތަންތަނުން އާސަންދަ ކަނޑާލުމަށް ފަހު އަލުން އެ ނިންމުން ބަދަލު މި ކުރީ ރައްޔިތުން ވަރަށް ބޮޑަށް ސަރުކާރަށް ފާޑު ކިޔަމުންދަނިކޮށެވެ. އަދި އެގޮތަށް ނިންމީ ކައުންސިލް އިންތިހާބުގައި ސަރުކާރުން ބޭނުންވި ވަރުގެ ކާމިޔާބެއް ނުލިބުމުން ކަމަށް އިދިކޮޅު ފަރާތްތަކުން ބުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް