ޖޫރިމަނާ ފައިސާގެ ބައެއް އަލީމް ވަކިލާރިން ދައްކައިފި

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ރައިސް މައުމޫން އަބްދުލް ގައްޔޫމް އައްޔަން ކުރެއްވި އަބްދުލް އަލީމް ސިވިލް ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ކުށް ސާބިތުވެގެން ކުރި ޖޫރިމަނާގެ ފައިސާގެ ބައެއް ވަކި ...

08 May 2017 | 10:12

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ރައިސް މައުމޫން އަބްދުލް ގައްޔޫމް އައްޔަން ކުރެއްވި އަބްދުލް އަލީމް ސިވިލް ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ކުށް ސާބިތުވެގެން ކުރި ޖޫރިމަނާގެ ފައިސާގެ ބައެއް ވަކި ލާރިން ދައްކައިފި އެވެ.

ކޯޓުގެ ހުރުމަތް ކަނޑައިގެން އަލީމް ޖޫރިމަނާ ކުރީ 85،0000 ރުފިޔާ އިންނެވެ. ސިވިލް ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ ކޯޓު އަމުރަކުން ޕީޕީއެމްގެ ހިންގުން ރައީސް އަބްދުﷲ ޔާމީނާއި ހަވާލުކޮށްފައި ވަނިކޮށް އަލީމް ޕީޕިއެމްގެ ނަމުގައި ބަޔާން ނެރެ މީޑިއާއަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

އަލީމްއަށް ކުރި ޖޫރިމަނާގެ ފައިސާ ދެއްކީ މިއަދު އެވެ. އޭގެ ތެރެއިން 4،000 ރުފިޔާ ގެންދިޔައީ ވަކި ލާރިންނެވެ. އެކަމަކު ކޯޓުން ވަނީ ބަދަލު ކުރަން އަންގައި މިއަދުގެ މެންދުރު ފަހު 3:00 އަށް ވަގުތު އިތުރުކޮށްދީފައި އެވެ. އެކަމަކު 1،000 ރުފިޔާ ނޫޓަށް ބަދަލު ނުކުރެވިގެން ދެއްކީ ވަކި ލާރިން ކަމަށް އޭނާ ބުންޏެވެ.

ދުވަހަށް މައުލޫމާތު ދެމުން އަލީމް ވިދާޅުވީ އެ ވަކިލާރިތަކަކީ އޭނާއަށް ކުރި ޖޫރިމަނާ ފައިސާދެއްކުމަށް ބެހެއްޓި ފަންޑު ފޮށިން ލިބުނު ފައިސާ ކަމަށެވެ.

ކޯޓުގެ ހުމުގައި ބުނެފައިވަނީ އަލީމްގެ އެ އަމަލުތައް ލިޔުމުން ކޯޓަށް ސާބިތުވެފައިވާ ކަމަށެވެ. މީގެ ކުރިން ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން އަލީމްގެ  ގެ ބަލައި ފާސްކޮށްފައި އެވެ. އަދި ފޯނުވެސް ހިފައްޓާފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް