"ފްރެންޑްސް"ގެ އާ ސީޒަނެއް ފެށޭކަށް ނޫޅެ، އެއީ ދޮގެއް!

ދިވެހިންގެ މެދުގައިވެސް ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ 90ގެ އަހަރުތަކުގައި ދެއްކި އެމެރިކަން ސިޓްކޮމް ޓީވީ ސީރީޒް "ފްރެންޑްސް"ގެ އާ ސީޒަނެއް ފެށެން އުޅޭކަމަށް ބުނެ ޝޯޝަލް މީޑިއާގައި މިހާރު ދައުރުވަމުނ...

08 May 2017 | 04:28

ދިވެހިންގެ މެދުގައިވެސް ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ 90ގެ އަހަރުތަކުގައި ދެއްކި އެމެރިކަން ސިޓްކޮމް ޓީވީ ސީރީޒް "ފްރެންޑްސް"ގެ އާ

ސީޒަނެއް ފެށެން އުޅޭކަމަށް ބުނެ ޝޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ޕޯސްޓަކީ ދޮގެކެވެ.

"ފްރެންޑްސް"ގެ އޮރިޖިނަލް އޮންއެއާ ނެޓްވޯކް އެންބީސީގެ ޙަބަރު ޗެނަލް އެންބީސީ 4 އިން ވަނީ އެ ޙަބަރަކީ ދޮގެއްކަން ކަށަވަރުކޮށްދީފަ އެވެ.

"ޑޭވިޑް ސްވިމާ" ޖަހާފައިން ފޭސްބުކް ޕޭޖްއަކުން އެ ޕޯސްޓު ޢާންމުކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެ ޕޯސްޓު ވަނީ 300 ހާހަށްވުރެ ގިނަ މީހުން ޝެއާވެސް ކޮށްފަ އެވެ. އެ ޕޯސްޓު ޖަހާފައިވާ ދުވަހަކީ ފްރެންޑްސްގެ އެންމެފަހު އެޕިސޯޑު ދެއްކިތާ 10 އަހަރުވީ ދުވަހެވެ.

މި ޙަބަރަކީ ދޮގެއްކަން ކަށަވަރުވީ ސަބަބުތަކުގެ ތެރޭގައި ޕޭޖްގެ ނަމަކަށް ޖަހާފައިން ފްރެންޑްސް ސީރީޒްގެ އެއް ކާސްޓު މެމްބަރުގެ ނަން އިނީ ނުބައިކޮށެވެ. ދެވަނަ ކަމަށް ޕޭޖްގެ ޔޫއާރްއެލް ވެސް ލިޔެފައި އިނީ ނުބައިކޮށެވެ.

އެ ޕޯސްޓު ގިނަ ބަޔަކު ޝެއާކުރަމުންދާއިރު ދުނިޔޭގެ އެކި ހިސާބުތަކުން ގިނަ ބަޔަކު ދަނީ ފްރެންޑްސްގެ އެތައް ހާސް ފޭނުނެއް އެ ޕޯސްޓުގައި ޓެގްކުރަމުންނެވެ. ބައެއް ފޭނުންވަނީ މިފަދަ ދޮގު ޙަބަރުތައް ފަތުރާތީ ރުޅިގަދަވެފަ އެވެ. އަދި މިއީ ފްރެންޑްސްގެ ފޭނުންނަށް ދެވޭ އަނިޔާއެއް ކަމަށްބުނެ އެކި ފަރާތްތަކުން ޝުޢޫރު ފާޅުކޮށްފައިވެސްވެ އެވެ.

މީގެ ކުރިންވެސް އެކި ފަހަރުމަތިން ފްރެންޑްސްގެ އައު ސީޒަނެއް ފެށެން އުޅޭކަމަށް ބުނެ ދޮގު ޙަބަރުތަކެއް ފަތުރާފައިވެ އެވެ. ނަމަވެސް ފްރެންޑްސްގެ ޝޯ ރަނާސްގެ އިތުރުން ކާސްޓު މެމްބަރުންވެސް ވަނީ ފްރެންޑްސްގެ އައު ސީޒަނެއް ދެން ނާންނާނެކަމަށް ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް