މޭޑޭގައި ފުލުހަކަށް އަނިޔާކުރިކަމުގެ ތުހުމަތުގައި ދެމީހަކު ހޯދަން ފޮޓޯ އާންމުކޮށްފި

އިދިކޮޅު ސިޔާސީ ފަރާތްތަކުން މިމަހުގެ އެއްވަނަ ދުވަހު  ކުރިއަށް ގެންދިޔަ "މޭޑޭ" މުޒާހަރާގައި ފުލުހަކަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ދެމީހަކު ހޯދަން ފޮޓޯއާއި ވީޑިއޯ ފުލުހުން އާންމުކޮށްފި އެވެ. ފުލުހ...

08 May 2015 | 16:02

އިދިކޮޅު ސިޔާސީ ފަރާތްތަކުން މިމަހުގެ އެއްވަނަ ދުވަހު  ކުރިއަށް ގެންދިޔަ "މޭޑޭ" މުޒާހަރާގައި ފުލުހަކަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ދެމީހަކު ހޯދަން ފޮޓޯއާއި ވީޑިއޯ ފުލުހުން އާންމުކޮށްފި އެވެ.

ފުލުހުން ބުނީ އެމީހުން ހޯދަމުން ދަނީ، މި މެއި މަހުގެ 1 ވަނަ ދުވަހުގެ ރޭ ޗާންދަނީމަގު އިސްކަންދަރު ސްކޫލް ކައިރިޔަށް އެއްވެ މުޒާހަރާ ކުރަމުން ދިޔަ ބަޔަކު ކޮންޓްރޯލް ކުރުމުގައި ހަރަކާތްތެރިވި ފުލުހަކު، މަގުމައްޗަށް ވައްޓާލާ ފުލުސް މީހާއަށް ހަމަލާދީ މާރާމާރީ ހިންގައި ޖިސްމާނީ އަނިޔާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކަމަށެވެ.

https://www.youtube.com/watch?v=wW1AVWQKrx4

މި މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓްގެ ނަމްބަރު 9911099 އަށް ގުޅުއްވައި ޙިއްޞާ ކުރުމަށް ފުލުހުން އެދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް