މިދިޔަ ހުކުރު ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާއާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން 26 މީހަކު ދޫކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އޭގެތެރެއިން 11 މީހަކު ދޫކޮށްލީ އިއްޔެ ކަމަށެވެ. އަދި 15 މީހަކު ރޭގެވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެމީހުން ދޫކޮށްލީ އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނާތީ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.
ފުލުހުން ބުނީ މިހާރު ހައްޔަރުގައި ތިބީ 149 މީހެއް ކަމަށެވެ. ބަންދުން ދޫކޮށްލި އެ އެންމެންނަކީ ވެސް ކްރިމިނަލް ކޯޓުން ބަންދުގެ މުއްދަތު ޖަހާފައިވާ މީހުންނެވެ.
އެ މުޒާހަރާ އާއި ގުޅިގެން 193 މީހަކު ހައްޔަރު ކުރި އެވެ.
ފުލުހުންގެ ބަންދުން ދޫކޮށްލި މީހުންގެ ތެރޭގައި މުޒާހަރާ އިންތިޒާމްކުރުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވާކަމަށް ބުނެ ހައްޔަރުކޮށްފައިވާ އެއްވެސް ބޭފުޅަކު ނުހިމެނެ އެވެ.
އެގޮތުން އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ އާއި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދުގެ އިތުރުން ޖޭޕީގެ ނާއިބް ލީޑަރު އަމީން އިބްރާހިމް އަދިވެސް ތިއްބެވީ ފުލުހުންގެ ހައްޔަރުގައި ދޫނިދޫގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް