ކަރަންޓް މައްސަލައެއް ދިމާވެ، އެއް އިމާރާތުގައި ކަރަންޓް ނެތުމުގެ ސަބަބުން އދ. ކުނބުރުދޫ ސްކޫލުގެ ބައެއް ކްލާސްތަކުގެ ކިޔެވުމް މިއަދު ކެންސަލް ކޮށްފިއެވެ.
ނަން ނުޖެހުމަށް އެދި މައުލޫމާތު ދިން ބެލެނިވެރިއެއް ބުނި ގޮތުގައި، ވާރޭ ވެހުމުގެ ސަބަބުން ކަރަންޓްގެ މައްސަލައެއް ދިމާވެ، ގްރޭޑް 5ން 10 ގެ ކްލާހުގައި ކަރަންޓް ކެނޑުނެވެ. އަދި މައްސަލަ އެއްގޮތަކަށްވެސް ހައްލު ނުވި އިމާރާތުގައި ކިޔަވާ ތިން ކްލާހުގެ ދަރިވަރުން ނުކިޔަވާދީ ގެއަށް ފޮނުވާލީއެވެ.
"ފުރާޅުން ފެން ލީކުވާތީއޯ ކަރަންޓު މައްސަލަ ޖެހެނީ، ދެން އެހެންވަންޏާވެސް ހައްލު ކުރަންވެއްޖެ ދޯ؟" ދުވަހަށް މައުލޫމާތު ހިއްސާކުރި އިތުރު ބެލެނިވެރިޔަކު ބުންޏެވެ.
ކުނބުރުދޫ ސްކޫލަކީ ޖާގައިގެ ދަތިކަމާ ހުރެ ދެ ދަންފަޅިއަށް ކިވަވައިދޭ ސްކޫލެއްކަމުން، މެންދުރު ފަހުގެ ދަންފަޅިއާ ފެށޭއިރުވެސް މައްސަލަ ހައްލު ނުވާ ނަމަ އެ ގަޑީގެ ކުދިންގެ ކިޔެވުމަސް ބުރޫ އަރާފާނެތީ ކަންބޮޑުވާކަމަށް ބެލެނިވެރިޔާ ބުންޏެވެ.
މީގެ އިތުރުން ބެލެނިވެރިޔާ ބުނީ، އިމާރާތެއް އަޅާނެ ބިން ސްކޫލުގައި އޮތް ނަމަވެސް، މިހާތަނަށްވެސް އިމާރާތެއް އެޅޭނެ ގޮތެއް ހަމަޖެހިފައި ނުވާ ކަމަށެވެ. އޭގެ ސަބަބުން ކުއްލިއަކަށް ދިމާވާ މިފަދަ ހާލަތްތަކުގައި ކުދިންނަށް ނުކިޔަވާދީ ގެއަށް ފޮނުވާލުން ނޫން ގޮތެއް ނޯންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް