ފޮޓޯތަކާއި ބަޔާންތައް ދިރާސާކޮށް ޒަކިއްޔާގެ ވާޗުއަލް އޮޓޮޕްސީއެއް ހަދައިފި

ފޮޓޯތަކާއި ބަޔާންތައް ދިރާސާކޮށް ނ. ހޮޅުދޫގައި ޒަހަަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ ވާޗުއަލް އޮޓޮޕްސީއެއް ހަދައިފިއެވެ. ހޮޅުދޫ ނިއުލައިފް ގޭގައި ދިރިއުޅެމުން ދިޔަ ޒަކިއްޔާ މޫސާ 5...

08 Apr 2025 | 06:46

ފޮޓޯތަކާއި ބަޔާންތައް ދިރާސާކޮށް ނ. ހޮޅުދޫގައި ޒަހަަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ ވާޗުއަލް އޮޓޮޕްސީއެއް ހަދައިފިއެވެ.

ހޮޅުދޫ ނިއުލައިފް ގޭގައި ދިރިއުޅެމުން ދިޔަ ޒަކިއްޔާ މޫސާ 50އ މަރުވެފައި އޮއްވާ ފެނުނީ ސެޕްޓެމްބަރު 10، 2024 ވަނަ ދުވަހު އެވެ.

ޒަކިއްޔާ މަރުވެފައި އޮތީ އޭނާ ދިރިއުޅޭ ގޭގައި ހުރި ގުދަނުގެ ދޮރު ކައިރީންނެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޒަކިއްޔާގެ ހަށިގަނޑު އެ ގޯތިތެރެއަށް ވެއްޓި ޚަބަރު ހުސްވެފައި އޮތް އިރު ބޮލުގައި ޒަޚަމެއް ހުއްޓެވެ. އަދި ނޭވާ ހޮޅި ބުރިވާވަރަށް ކަރުގައި ވަޅި އަޅާފައި ހުރިކަމަށްވެސް ބައެއް މީޑިއާތަކުން އެ ރަށުގެ ބައެއް ފަރާތްތަކާއި ހަވާލާދީ ރިޕޯޓުކޮށްފައިވެއެވެ.

އިތުރު ތަހުގީގުތަކަށް ޒަކިއްޔާގެ ހަށިގަނޑު މާލެގެނައުމަށްފަހު ރަށަށް ގެންގޮސް ޖަނާޒާ ބާއްވާފައި ވަނީ ޕޯސްޓު މޯޓަމް ނަހަދައެވެ.

އެނގިފައިވާ ގޮތުގައި ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނު ސަރަހައްދުން ނެގި ފޮޓޯތަކާއި ލިބިފައިވާ ޒަހަމްތަކާއި މެޑިކަލް ހުރިހާ ލިޔުންތަކުގެ އިތުރުން ތަހުގީގަށް ނަގާފައިވާ ބަޔާންތައް ދިރާސާ ކުރުމަށްފަހު ފުލުހުންގެ ހާއްސަ ޓީމެއް އިންޑިއާއަށް ގޮސްގެން މިދިޔަ ހަފްތާގެ ތެރޭގައި މިހާރު ވަނީ ޒަކިއްޔާގެ ވާޗުއަލް އޮޓޮޕްސީއެއް ހަދާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް