ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ކަދުރު ބެހުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީއިން ފަށައިގެން ކުރިއަށް އެބަގެންދެއެވެ.
އެ މިނިސްޓްރީން ބުނެފައިވާގޮތުގައި ކަދުރު ބެހުން ކުރިއަށްދާނީ މިއަދާއި މާދަމާ މެންދުރު އެކަކުން ތިނަކަށް އަދި 14 ވަނަ ދުވަހުން ފެށިގެން 18 ވަނަ ދުވަހަށް މެންދުރު އެކަކުން ތިނަކަށް އަދި 23 ވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހަށް ހެނދުނު 09:30 އިން މެންދުރު 12 އަށެވެ.
މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި އުޅޭ ރައްޔިތުންނަށް ކަދުރު ބަހާނީ އިސްލާމިކް މިނިސްޓްރީން ކަމަށާއި ކޮންމެ ގޭބިސީއަކަށްވެސް ކަދުރު ޕެކެޓެއްގެ މަގުން ދޭން ނިންމާފައިވާއިރު ކަދުރު ބަލާ ދާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑު ގެންދަންވާނެކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
ކުރީ އަހަރު ތަކެކޭ އެއްފަދައިން ރަށްފރަށުގައި ކަދުރު ބަހާނީ އެ ރަށެއްގެ ކައުންސިލާއި ހަވާލުކޮށްގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް