ރާއްޖޭގެ ރަށްތައް ޢީދަށް ދިއްލާލުމުގައި ލީޑަޝިޕް ނެގުމުގެ ފުރުސަތު ލިބުމަކީ ފަޚުރެއް: ސްޓެލްކޯ

މި ޢީދަށް ރާއްޖޭގެ ރަށްތަށް ދިއްލާލުމގައި ލީޑަޝިޕް ނަގައި މަސައްކަތް ރާވާ ހިންގަން ލިބުމަކީ ސްޓެލްކޯގެ މުވައްޒަފުންނަށާއި އަދި އެ ކުންފުންޏަށް ލިބޭ ފަޚުރެއް ކަމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހ...

08 Apr 2024 | 09:33

މި ޢީދަށް ރާއްޖޭގެ ރަށްތަށް ދިއްލާލުމގައި ލީޑަޝިޕް ނަގައި މަސައްކަތް ރާވާ ހިންގަން ލިބުމަކީ ސްޓެލްކޯގެ މުވައްޒަފުންނަށާއި އަދި އެ ކުންފުންޏަށް ލިބޭ ފަޚުރެއް ކަމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޖުމްހޫރީ މައިދާން ދިއްލާލުމުގެ ބައެއް މަސައްކަތްތައް ފެންނަ ފޮޓޯތަކަކާއެކު އެކްސްގައި ކުރެއްވި ޕޯސްޓްގައި އެމްޑީ ވިދާޅުވެފައިވަނީ "ޢީދު އަލި" މިއީ ދީނީ އަދި ޤައުމީ ބޮޑު މަސައްކަތެއް ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން، މި އަހަރުގެ ފިޠުރު ޢީދަށް ރާއްޖޭގެ ރަށްތައް ދިއްލުމަށް ކުރެވެމުންދާ މި މަސައްކަތަކީ ޢީދުގެ  އުފާވެރިކަމުގެ ތެރެއިން އެއްބައިވަންތަކަމާއި އެކުވެރިކަން ފަދަ އިސްލާމީ ރިވެތި ސިފަތައް ދިރުވައި އާލާކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ.

" މި ފަންނުވެރި، ކަވި މަސައްކަތް ރާވައި، މުޅި ގައުމަށް މީގެ އުފާވެރިކަން ގެނެސްދިނުމަށް ކުރެވޭ މަސައްކަތުގައި ލީޑަރޝިޕް ނަގައި، މި މަސައްކަތް ރާވާ ހިންގަން ލިބުމަކީ ސްޓެލްކޯގެ މުވައްޒަފުންނަށާއި މުޅި ކުންފުންޏަށްވެސް ލިބޭ ފަޚުރެއް" ސްޓެލްކޯގެ އެމްޑީ ހުސެއިން ފަހުމީ ވިދާޅުވެފައިވެއެވެ.

އޭނާ އިތުރަށް ވިދާޅުވެފައިވަނީ މިއީ ޢީދު ފާހަގަ ކުރުމުގައި ފަހުގެ ތާރީޚުތަކުގައި ގެއްލިގެން ގޮސްފައިވާ އުފާވެރި އަދި ކުލަގަދަ ރޫޙު އާލާކޮށް، އެކި އުމުރުފުރައިގެ މީހުންނަށް ހިތްފަސޭހަ ޢީދެއް ތަޖުރިބާ ކުރުމުގެ ފުރުޞަތު ފަހިކުރުމަށް ކުރެވޭ މަސައްކަތެއްގެ އިތުރުން އަންނާން އޮތް ޖީލުތަކަށް ޢީދުގެ އުފާވެރި މުނާސަބަތު ޤައުމީ ރޫހެއްގައި ފާހަގަ ކުރުމަށް ލިބޭނެ ހިތްވަރަކަށް ވެގެންދާނެ ކަމެއް ކަމުގައި ގަބޫލުކުރައްވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް