ކޮންމެ އަހަރެއްގެ ވެސް ރަމަޞާންމަހު އަރބަންކޯއިން ދެމުން އަންނަ ކޮމިއުނިޓީ ރޯދަވީއްލުމުގެ ދަށުން އޯޓިޒަމް ސެންޓަރުގެ ކުދިންނަށް ރޯދަވީއްލުމެއް ދީފިއެވެ.
މިކަން ހާމަކޮށް އާރބަންކޯ އިން ބުނީ މި އަހަރުގެ ރޯދަވީއްލުން ޚާއްސަކޮށްފައި ވަނީ ހުޅުމާލޭގައި ހިންގަމުން އަންނަ އޯޓިޒްމް ސެންޓަރުގެ ކުދިންނަށް ކަމަށެވެ.
އަދި އެ ކުންފުނިން އިންތިޒާމުކުރި މި ރޯދަވީއްލުމު ގައި އެ ސެންޓަރުގައި ރަޖިސްޓްރީ ވެފައިވާ 192 ކުދިންނާއި އެކުދިންގެ ބެލެނެވެރިން ހިމެނޭހެން 40 މުވައްޒަފުންނަށް ވަނީ ދައުވަތު ދީފައި ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
މީގެ އިތުރުން މިއަދު ސެންޓްރަލް ޕާކުގައި ބޭއްވި މި ރޯދަވީއްލުމުގެ ކުރިން މި ރޯދަވީއްލުމުގައި ބައިވެރިވި ކުދިންނަށް ޚާއްސަކޮށް ރޮބޯމޭންގެ ހަރަކާތްތައް ވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.
މި ހިނގާ އޭޕްރިލް މަހަކީ އިންޓަނޭޝަނަލް އޯޓިޒަމް އެވެއަރނެސް މަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަ މަހެވެ. އަދި މި ރޯދަވީއްލުން އޯޓިޒަމް ސެންޓަރަށް ޚާއްސަކުރީ މި މަސް ފާހަގަކުރުމަށް އަރބަންކޯގެ ފަރާތުން ބޭއްވޭ ހަރަކާތެއްގެ ގޮތުގައި ކަމަށް އެކުންފުނިން ހާމަކުރެއެވެ.
އޯޓިޒަމަކީ ކުއްޖާ އުފެދުމުގައި ހުންނަ ޑިސްއޯޑަރ އެކެވެ. ނުވަތަ ސިކުނޑި މަސައްކަތް ކުރާ ގޮތުގައި ހުންނަ ތަފާތު ވުމެކެވެ. އެކި މީހުން މިކަން ތަހަންމަލްކުރާ މިންވަރު ތަފާތުވާތީ އެއަށް އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޮރޑަރ ވެސް ކިޔައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް