އުރީދޫ ހަދިޔާ ފޮށިން އައިފޯން 14 ޕްރޯ ލިބުނު ފަރާތަށް ފޯނު ހަވާލުކޮށްފި

އުރީދޫ މޯލްޑިވްސް އިން މި ރޯދަމަހު ކުރިއަށްގެންދާ އުރީދޫ ހަދިޔާ ފޮށިން އައިފޯން 14 ޕްރޯ ލިބުނު ފަރާތަށް އެ ހަދިޔާ މިއަދު އުރީދޫއިން ހަވާލުކޮށްފިއެވެ. މި ހަދިޔާ ލިބިފައިވަނީ ސާލިމް ތައުފީގަށެވެ. އެ ހަދ...

08 Apr 2023 | 13:55

އުރީދޫ މޯލްޑިވްސް އިން މި ރޯދަމަހު ކުރިއަށްގެންދާ އުރީދޫ ހަދިޔާ ފޮށިން އައިފޯން 14 ޕްރޯ ލިބުނު ފަރާތަށް އެ ހަދިޔާ މިއަދު އުރީދޫއިން ހަވާލުކޮށްފިއެވެ.

މި ހަދިޔާ ލިބިފައިވަނީ ސާލިމް ތައުފީގަށެވެ. އެ ހަދިޔާ ސާލިމަށް ލިބިފައިވަނީ މީގެ ދެ ދުވަސް ކުރިން މިދިޔަ ބުރާސްފަތި ދުވަހުގައެވެ. ސާލިމް ވަނީ ސާލިމަށް އެ ހަދިޔާ ލިބިފައިވާ ވީޑިއޯ، އުރީދު ޓެގްކޮށް ޓްވިޓާގައި ހިއްސާކޮށްފައެވެ.

އުރީދޫ ހާދިޔާ ފޮށި މި ރަމަޟާން މަހު އުރީދޫއިން ކުރިއަށްގެންދަނީ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ސުޕަނެޓްގެ ހުރިހާ ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ވެސް ހަދިޔާއެއް ލިބޭނެހެންނެވެ. އުރީދޫ ހަދިޔާ ފޮށީގައި ސްކޫޕީ ސައިކަލަކާއި ސޯފާއަކާއި ސްމާޓް ޓީވީއާއި ލެޕްޓޮޕާއި އެއަރ ޓެގާއި އެއާޕޮޑްގެ އިތުރުންވެސް އިތުރު އެތައް އިނާމުތަކެއް ހިމެނެއެވެ.

https://twitter.com/salimthaufyg/status/1643950447546478592

ހާދިޔާ ފޮށި ކުޅުމަށް އުރީދޫ އެޕަށް ޒިޔާރަތްކޮށް ހަދިޔާ ފޮށި ހިޔާރުކޮށްލުމުން ފެންނަ ހަ ހަދިޔާ ފޮށިން ކޮންމެވެސް އެއް ފޮއްޓެއް ހިޔާރު ކޮށްލުމުން ކޮންމެވެސް ހަދިޔާއެއް ލިބިގެންދާނެއެވެ. އަދި ކޮންމެ ކަސްޓަމަރަކަށް ވެސް ދުވާލަކު އެއްފަހަރު ހަދިޔާ ފޮށި ހުޅުވައި ހަދިޔާއެއް ލިބޭނެ ކަމަށް އުރީދޫ އިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް