ސޯމާލިއާގައި ހިންގާ އެފްރިކަން ޔޫނިއަން ޓްރާންސިޝަން މިޝަން (އޭޓީއެމްއައިއެސް) އަށް އެހީތެރިވުމުގެ ގޮތުން އދ ގައި ހުންނަ އިންޑިއާގެ ދާއިމީ މަންދޫބު ރޫޗިރާ ކަމްބޯޖް ހުކުރު ދުވަހު ވަނީ 2 މިލިއަން ޑޯލަރު ދީފައެވެ. މިއާއެކު ނިއުދެއްލީއިން ސޯމާލިއާ އަދި ހޯން އޮފް އެފްރިކާގައި ސުލްހައާއި ހަމަޖެހުން ގާއިމް ކުރުމަށް ކުރާ ސަޕޯޓް މިވަނީ އަނެއްކާވެސް ފާޅުވެގެން ގޮސްފައެވެ.
މީގެ ކުރިން އިންޑިއާއިން ވަނީ އެފްރިކަން ޔޫނިއަން މިޝަން އިން ސޯމާލިއާ (އެމިސޯމް) އަށް 4 މިލިއަން ޑޮލަރު ދީފައެވެ.
އދ ގައި ހުންނަ އިންޑިއާގެ ޕާޟަންނަންޓް މިޝަންއިން ވަނީ މިކަމާބެހޭ ސްޓޭޓްމަންޓެއް ނެރިފައެވެ. އެ ސްޓޭޓްމަންޓުގައި ވާގޮތުން މިއީ ސޯމާލިއާއާއި، ހޯން އޮފް އެފްރިކާގައި ސުލްހަ ދަމަހައްޓާ، އަލްޝަބާބް ފަދަ ޓެރަރިސްޓް ޖަމައަތްތަކުން ހިންގާ ޓެރަރިޒަމް ހަމަލާތަށް ހުއްޓުވުމަށް އެހީތެރިވުމުގެ ގޮތުން އެންޑިއާއިން ވެދޭ އެހީއެކެވެ.
އިންޑިއާއިން ފާހަގަކުރި ގޮތުގައި އޭޓީއެމްއައިއެސް އިން ސޯމާލިއާގެ ސަލާމަތީ ބާރުތަކަށް ސަލާމަތީ ޒިންމާތައް ވަގުތުން ކަނޑައެޅިފައިވާ އަދި މަރުހަލާތަކަކަށް ބަދަލުކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި ސަލާމަތީ ފަރަގުތައް ކުޑަކުރުމަށް މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަމަށެވެ. އަދި އޭޓީއެމްއައިއެސްގެ ސިފައިންނާއި ފުލުހުން ކޮންޓްރިބިއުޓްކުރާ ގައުމުތަކަށް ވެސް އިންޑިއާއިން ވަނީ މިދިޔަ އަހަރުތަކުގައި ކުރިއަށް ގެންދިޔަ ކޮމިޓްމަންޓާއި ގުރުބާނީތަކަށް ތައުރީފުކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް