މަނަދޫގައި ރަހުމްކުޑަ ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ނައީމާ މޫސާ އެ ރަށުގައި ވަޅުލާގޮތަށް ހަމަޖައްސައިފިއެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން އެ ރަށު ކައުންސިލްގެ ރައީސް އަބްދުއްރަހްމާން ސަބީހް ވިދާޅުވީ ނައީމާގެ ހަށިގަނޑު މިހާރު ހިނަވާގެއަށް ގެންގޮސްފައިވާކަމަށާއި މިހާރު މޫނު ދެއްކުން ކުރިއަށްދާކަމަށެވެ. އަދި ކަށުނަމާދު އޮންނާނީ މިރޭ މަޣްރިބު ނަމާދަށް ފަހުގައި ކަމުގައިވެސް ސަބީހް ވިދާޅުވިއެވެ.
ނ. މަނަދޫގައި އެކަނި ގެއެއްގައި ދިރިއުޅެމުންދިޔަ އުމުރުން 62 އަހަރުގެ ނައީމާ މޫސާ މަރުވެފައި އޮއްވާ ފެނުނީ ހަބަރެއް ނުވެގެން އިއްޔެ އިރު އޮއްސުނު ހާއިރު ފުލުހުން ގޮސް ބެލި ބެލުމުންނެވެ.
ގޭގެ ކޮޓަރިތެރެއަށް ނައީމާ ވެއްޓިފައި އޮތް އިރު އެއީ ގަތުލެއް ކަމުގައި މިހާރު އަންނަނީ ބަލަމުންނެވެ. ނައީމާގެ ހަށިގަނޑަށް ވަޅިން ހަމަލާދީފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ. މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް މިހާރު އެ ރަށުގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް