މޯލްޑިވިއަންގެ އެންމެ ފަހުގެ ބޯޓު އޮޕަރޭޝަނަށް ނެރެފި، ފުރަތަމަ ދަތުރު ކައްދޫއަށް

މޯލްޑިވިއަންއިން އެންމެ ފަހުން ރާއްޖެ ގެނައި އޭޓީއާރު މަރުކާގެ މަތިންދާ ބޯޓު މިއަދު އޮޕަރޭޝަނަށް ނެރެފި އެވެ. އެ ބޯޓު ރާއްޖެ ގެނައީ މިމަހުގެ ދެ ވަނަ ދުވަހު އެވެ. މިއީ މިއަހަރު އެ އެއާލައިނުް ރާއްޖެއަށ...

08 Apr 2023 | 07:29

މޯލްޑިވިއަންއިން އެންމެ ފަހުން ރާއްޖެ ގެނައި އޭޓީއާރު މަރުކާގެ މަތިންދާ ބޯޓު މިއަދު އޮޕަރޭޝަނަށް ނެރެފި އެވެ.

އެ ބޯޓު ރާއްޖެ ގެނައީ މިމަހުގެ ދެ ވަނަ ދުވަހު އެވެ. މިއީ މިއަހަރު އެ އެއާލައިނުް ރާއްޖެއަށް ގެނައި ތިން ވަނަ އޭޓީއާރު މަރުކާގެ ބޯޓެވެ.

މޯލްޑިވިއަންއިން ބުނީ42 މީހުންގެ ޖާގައިގެ އެ ބޯޓު އެންމެ ފުރަތަމަ ދަތުރު ކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކައްދޫ އެއާޕޯޓަށް ކަމަށެވެ. އެ ދަތުރުގައި ފްލައިޓު ވީއައިއޭއިން ފުރީ މެންދުރު 12:00 ގައި އެވެ.

މި ދަތުރުގައި 26 ފަސިންޖަރުން ދަތުރު ކުރި ކަމަށް މައުލޫމާތުދެ އެވެ.

މިދިޔަ ޖަނަވަރީ މަހުގައިވެސް މޯލްޑިވިއަން އިން އޭޓީއާރު 72 މަރުކާގެ ދެ މަތިންދާ ބޯޓު ރާއްޖެ ގެނެސްފައިވާއިރު މި މަތިންދާބޯޓުތައް މޯލްޑިވިއަން އިން ގެންނަމުންދަނީ އެ އެއާލައިނުން ބޭނުން ކުރަމުން އަންނަ ޑޭޝް މަރުކާގެ ބޯޓުތަކުގެ ބަދަލުގައި އޭޓީއާރު ބޯޓުތައް ގެނައުމަށް 2021 ވަނަ އަހަރުގެ ޖަނަވަރީމަހު ސޮއި ކުރި އެއްބަސްވުމެއްގެ ދަށުންނެވެ. ކުރިން ގެނައި ދެ ބޯޓުގެ ކޮމާޝަލް ދަތުރުތައް ޖަނަވަރީ މަހު ފަށާފައިވެއެވެ.

މޯލްޑިވިއަންއިން ބުނެފައިވާގޮތުގައި އާ މަތިންދާބޯޓު ގެންނަން އެ އެއާލައިނުން ނިންމީ މިހާރު ގެންގުޅޭ ޑޭޝް މަރުކާގެ ބޯޓުތައް ބާވުމާއި މެއިންޓަނަންސް މައްސަލަތައް ދިމާވުން އިތުރުވުމާއި އަދި ފްލައިޓް ޝެޑިއުލްތަކަށްވެސް ބުރޫ އަރާ މައްސަލަ ހައްލުކުރުމުގެ ބޭނުމުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް