މަނަދޫ އަންހެން މީހާ އޮތީ ވަޅި ހަރައި މަރާލާފައި

ނ. މަނަދޫގައި ރޭ އިރާކޮޅު މަރުވެފައި އޮއްވަ ފެނުނު އަންހެން މީހާ އޮތީ ވަޅި ހަރައި މަރާލާފައިކަން ހާމަވެއްޖެ އެވެ. މަރުވެފައި އޮއްވަ ފެނުނީ އެރަށު އަންނާރުމާގޭ އުމުރުން 62 އަހަރުގެ ނައީމާ މޫސާ އެވެ. އޭ...

07 Apr 2023 | 23:14

ނ. މަނަދޫގައި ރޭ އިރާކޮޅު މަރުވެފައި އޮއްވަ ފެނުނު އަންހެން މީހާ އޮތީ ވަޅި ހަރައި މަރާލާފައިކަން ހާމަވެއްޖެ އެވެ.

މަރުވެފައި އޮއްވަ ފެނުނީ އެރަށު އަންނާރުމާގޭ އުމުރުން 62 އަހަރުގެ ނައީމާ މޫސާ އެވެ. އޭނާ އަކީ އެރަށުގައި އެކަނި ގެއެއްގައި ދިރިއުޅެމުންދާ މީހެކެވެ.

ނައީމާގެ ހަށިގަނޑު ފެނުނު ބައެއް މީހުންނާއި ހަވާލާދީ މީޑިއާގައި އެ ރަށު މީހަކު ބުނެފައިވާ ގޮތުގައި ނައީމާ މަރާލާފައި އޮތީ ހަށިގަނޑުގެ 21 ތަނަކަށް ވަޅި ހަރައި އެވެ. އަދި ނައީމާ މަރުވެގެން ވެއްޓިފައި އޮތް ކޮޓަރި ތެރޭގައިވެސް ގިނަ އަދަދެއްގެ ލޭ ހުރި ކަމަށް ބުނެފައިވެ އެވެ.

ނައީމާ މަރުވެފައި އޮއްވައި ފެނުނީ ހަބަރެއް ނުވާތާ ދެ ދުވަސް ވެގެން އާއިލާއިން އެދިގެން ފުލުހުން ގޮސް އެގޭ ދޮރު ވައްޓާލައިގެން ވަދެ ބެލި އިރު އެވެ. ނައީމާ ޑިއުޓީއަށް ނުނިކުންނަތާ ދެ ދުވަސްވެ، އެ ދެ ދުވަހު އެގޭގެ ދޮރުގައި ތަޅާތަަޅައިވެސް ނުހުޅުވިކަން އާއިލާގެ ސަމާލުކަމަށް ގެނައީ އެކު މަސައްކަތް ކުރާ މީހުންނެވެ.

ނައީމާ އަކީ ކައުންސިލް ވަޒީފާއެއްގައި މަގު ކުނިކަހާ މީހެކެވެ.

މި މައްސަލައިގަ ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި ރަށަށް އަރައި ފައިބާ މީހުންގެ މައުލޫމާތު ހިއްސާ ކުރަން ކައުންސިލްގައި އެދިފައިވާނެ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

އިތުރު މައުލޫމާތު އަދި ފުލުހުން ހާމައެއް ނުކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް